ރާއްޖެ އެތެރެކުރަން އުޅުނު 12 މިލިޔަން ރުފިޔާގެ މަސްތުވާ ތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިމަހު 1 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުން އޭގެތެރެއިން މަސްތުވާ ތަކެތި ފެނިފައިވާ ކަމަށާއި ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމް.ޑީ.އެމް.އޭ. (MDMA – 546grams) އަދި މެފެޑްރޯން (Mephedrone -585grams) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށެވެ.
އަދި 2002 މާރިޗު 6 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine -2.228ks) އަށް ވަނީ ޕޮޒިޓިވް ވެފައިކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާ ތަކެތީގެ ބަރުދަނުގައި 3.359 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ މިތަކެތީގެ މަގުމަތީ އަގަކީ 12.953,500.00 (ބާރަ މިލިއަން ނުވަސަތޭކަ ފަންސާސް ތިންހާސް ފަސްސަތޭކަ) ރުފިޔާއެވެ
މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު ކަސްޓަމްސްގައިވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންސްގެ ޓެކްނިކަލް ޓީމެއް ތައާރަފްކުރެވި މާލެއާ ރީޖަނަލް ކަސްޓަމްސްތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.