ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި، ތަފާތު ބާވަތްތަކުގެ އިލެޓްރޯނިކްސް ސާމާނު ހޯލް ސޭލްކޮށް އަދި ރީޓެއިލްކުރާ ފަރާތެއްކަމުގައި “ވެސްޓޯ” ވެފައިވެއެވެ. ބޮޑެތި ކުންފުނިތަކާއި، ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ބޭނުންވާ އިލެޓްރޯނިކްސް އަލާތްތައް އަހަރުތަކެއް ވަންދެން ވެސްޓޯޢިން އަންނަނީ ފޯރުކޮށްދެމުންނެވެ.
މިގޮތުން ވެސްޓޯ އަކީ ރިސޯޓް އަދި ގެސްޓްހައުސް ހިންގާ ފާރާތްތަކުގެ ފުރިހަމަ އިތުބާރު ލިބިފައިވާ ވިޔަފާރި ކުންފުންޏެކެވެ. ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓްތަކުން ވެސްޓޯގެ އުފެއްދުންތައް ބައްލަވައިގަނެ ވެސްޓޯގެ ދާއިމީ ކަސްޓަމަރުންގެ ގޮތުގައި ވެފައިވާކަމީ މީގެ އަލިގަދަ ހެއްކެކެވެ.
އިލެކްޓްރޯނިކް އަދި އިލެކްޓްރިކް ސްޕެޝަލިސްޓެއް ކަމުގައިވާ ވެސްޓޯ އިން ތަފާތު އިލެޓްރިކް ސާމާނު، ސިއްޙަތާއި ގުޅޭ ސާމާނު، ގޭމް ކުޅުމަށް ބޭނުންވާ ސާމާނު، ޕަވަރ ޓޫލް، ކެމެރާ، ސައުންޑް ސިސްޓަމް، ޓީވީ، މޯބައިލް ފޯން، ޓެބްލެޓް، ކޮމްޕިއުޓަރ، ކޮމްޕިއުޓަރ އެސެސަރީސް، ގޭގެއަށް ބޭނުންވާ ތަފާތު އިލެކްޓްރޯނިކް ސާމާނު އަތް ފޯރާ އަގެއްގައި ލިބިވަޑައިގަންނަވާނެއެވެ.
ވެސްޓޯގެ ވިޔަފާރި ރައްޔިތުން ބަލައިގަތުމުގެ ނަތީއްޖާއަކަށް ވެފައިވަނީ، ރާއްޖޭގެ ނިސްބަތުން ގުނާލެވޭ އިލެކްޓްރޯނިކްސްގެ އެންމެ މައި އެއް ކުންފުންޏަށް ވެސްޓޯ މިއަދު ވެފައިވުމެވެ.
ހުނަރާއި ތަމްރީނު ލިބިފައިވާ ތަޖުރިބާކާރު ޓެކްނިކަލް ޓީމެއް ވެސްޓޯގައި މަސައްކަތްކުރުމުގެ އިތުރުން، ތަކެތި ބައްލައިވަގަތުމަށް ފަހުވެސް، ވެސްޓޯއިން ވިއްކާ ތަފާތު ބާވަތްތައް މަރާމާތުކޮށްދިނުމާއި، ދިމާވާ މައްސަލަތައް ފަސޭހަކަމާއެކު ހައްލުކޮށްދިނުމުގެ ޚިދުމަތް ވެސްޓޯއިން ދިނުމަކީ ޚިދުމަތް ހޯދާ ފަރާތުގެ އިތުބާރު ވެސްޓޯ އަށް އޮންނަ އެއް ސަބަބެވެ.
ވެސްޓޯގެ ވިޔަފާރި ޕާޓްނަރުންގެ ގޮތުގައި ދުނިޔޭގެ ބޮޑެތި ބްރޭންޑް ތަކާއި، ބޮޑެތި މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނިތައް ހިމެނޭއިރު ގިނަބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ކުންފުނިތައް ކަމުގައިވާ ސޮނީ އިލެކްޓްރޯނިކްސް ފަދަ ކުންފުނިތައް ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ މާކެޓަށް ނުކުންނަ އެންމެ ފަހުގެ އިލެކްޓްރޯނިކް އުފެއްދުންތައް ކަސްޓަމަރުންނާއި ހަމަޔަށް ވީ އެންމެ އަވަހަހަކަށް ފޯރުކޮށްދިނުމަކީ އަބދުވެސް ވެސްޓޯ ކުންފުނިން ޚާއްސަ އިސްކަމެއް ދޭ ކަމެކެވެ.
ވެސްޓޯ ކުންފުނީގެ ތާރީޚަށް ބަލާލާއިރު، އިތުބާރު ހިފޭ، މޮޅު ކޮލިޓީ އުފެއްދުންތަކެއް، އަބަދުވެސް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދޭ، އަބަދުވެސް ކަސްޓަމަރުން ބޭނުންތަކަށް ބަލައިގެން ދެވޭ ޚިދުމަތުގެ ފެންވަރު ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކުރުމަށް މަސައްކަތް ކުރާ ކުންފެންޏެއް ކަމުގައި ވެސްޓޯ ވެފައި ވެއެވެ.
ވެސްޓްއިން ވިއްކާ ތަފާތު ބްރޭންޑްތަކުގެ އިލެކްޓްރޯނިކްސް ތަކެތީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ، އެޕަލް، ސެމްސަންގް، ސޮނީ، ޖީޕަސް، ހުވާއީ، ޕްލޭސްޓޭޝަން، ވަންޕްލަސް، އެލްޖީ، ރިއަލްމީ، ޒިއާއޯމީ، ޑެލް، އެޗްޕީ، ލެނޯވޭ، ނޮކިޔާ، އޮޕްޕޯ، ޖޭބީއެލް ފަދަ ބްރޭންޑްތައް ހިމެނެއެވެ. އަދި މިބްރޭންޑްތަކުގެ ތެރެއިން ސޮނީ، ހުވާއީ، ޑެލްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މާރކެޓް ކުރާ އޮތޮރައިޒްޑް ސޯލް ޑިސްޓްރިބިއުޓަރ އަކީ ވެސްޓޯއެވެ.
މިވަގުތުވެސް ވެސްޓޯގެ 7 އައުޓްލެޓެއްގެ ޚިދުމަތް މާލެ އަދި ހުޅުމާލޭގައި ކަސްޓަމަރުންގެ ޚިދުމަތުގައި ހުޅުވިފައި އެބަހުއްޓެވެ.
ވެސްޓޯ 2 (މާފަންނު، މަޖީދީ މަގު، މާލެ)
ވެސްޓޯ 4 (ހެންވޭރު، ލޮނުޒިޔާރަތް މަގު، މާލެ)
ވެސްޓޯ 5 (ނިރޮޅުމަގު، ހުޅުމާލެ)
ވެސްޓް 6 (މަޖީދީމަގު، މާލެ)
ވެސްޓޯ 7 (ކޮމާޝިއަލް ބްލޮކް A-G-6، މާލެ)
ވެސްޓޯ 9 (ގަލަދުންގެ، ހެންވޭރު، މާލެ)
ވެސްޓޯ 10 (މާފަންނު، ޝަހީދުއަލީ ހިނގުން، މާލެ)
ވެސްޓޯ އިންދޭ ޚިދުމަތްތަކުގެ ތެރޭގައި ވެސްޓޯ އިން ތަކެތި ބައްލައިވަގުތުމުން ކޮންމެ ދުވަހަކުވެސް ހެނދުނު 9 އަކާއި 11 ދެމެދު މާލެ އަދި ހުޅުމާލެގެ ކޮންމެ ތަނަކަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ދިނުމުގެ އިތުރުން، އަތޮޅު ތެރެއަށް ފޮނުވުމަށް ބޯޓު ތަކަށާއި ލޯންޗް ތަކަށް ވެސް އެއްވެސް އިތުރު އަގަކާއި ނުލައި ބައްލަވައިގަންނަވާ ތަކެތި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ.
ވެސްޓޯ ގެ ޚިދުމަތް އޮންލައިން ޕްލެޓްފޯމެއް ގޮތުގައި ޒަމާނާއެއްގޮތަށް، ފަރުމާކުރެވި، ވެސްޓޯގެ އޮންލައިން ވެބްސައިޓް އިން ތަކެތި ބައްލަވައިގަނެވެން ހުރުމުގެ އިތުރުން، ވެސްޓޯގެ ކޯލްސެންޓަރ ގެ ޚިދުމަތް 24 ގަޑި އިރަށް ލިބިގެން ދާނެއެވެ. އެގޮތުން 9995485, 9896002, 9898808 ނަންބަރުން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު މައުލޫމާތު ފޯރު ކޮށްދިނުމާއި ތަކެތި ބައްލަވައިގަތުގައި އެހީތެރި ލިބިވަޑައިގަންނާވާނެވެ.