ޚަބަރު
ސިފައިންގެ ތަމްރީން ހޯދަމުން ދަނިކޮށް ހާލު ދެރަވި އެކަކު އޮތީ އައިސީޔޫގައި

ޅ.އަތޮޅު މާފިލާފުށީގައި ސިފައިންގެ ތަމްރީން ހަދަމުން ދަނިކޮށް ހާލުދެރަވެގެން ފަރުވާދެމުންދިޔަ މީހާގެ ހާލު އަދިވެސް ސީރިޔަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މާފިލާފުށީގައި ސިފައިންގެ ތަމްރީން ހޯދަމުންދިޔަ ދެމީހަކު ހާލުދެރަވެގެން އިއްޔެ ރޭ ފުރަތަމަ ގެންދިޔައީ ނައިފަރު ހޮސްޕިޓަލަށެވެ. އެހެންނަމަވެސް އެދެމީހުންގެ އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އައިޖިއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ހާލު ދެރަވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނައި ދެސިފައިންގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުންދާ ސިފައިންގެ މީހާގެ ހާލު އަދިވެސް ސީރިޔަސްއެވެ. އައިސީޔޫގައި މިވަގުތު ފަރުވާ ދެމުން ގެންދަނީ އުމުރުން 19 އަހަރުގެ މީހަކަށެވެ. އަދި 21 އަހަރުގެ ސިފައިންގެ މީހާއަށް ފަރުވާ ދެމުން ގެންދަނީ ވޯޑުގައެވެ.

މިދިޔަ އަންގާރަ ދުވަހުވެސް މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހޯދަމުންދިޔަ އުމުރުން 19 އަހަރުގެ މީހަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.

މިހާރު ފަރުވާ ދެމުންދާ ސިފައިންގެ ދެމީހުންނަށް ދިމާވީ ސިއްހީ ކޮން މައްސަލައެއްތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ.

  1. ނާާޒްް

    އެެމީހުންގެެ މިސްޓޭކުންވީމަަ ނުބުނަަނެތާ