ޚަބަރު
ދިވެހި ސިފައިންގެ އަގުވައްޓާލަން ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރަން – ޑިފެންސް

ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް ކަމަށާއި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި އަމާންކަމާއި ސުލްހަމަސަލަސްކަން ގެއްލުވާލާ، ދިވެހި ސިފައިންގެ އަގުވައްޓާލަން ހަގީގަތާ ޚިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީ އޮފް ޑިފެންސް އިން އިލްތިމާސްކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީއިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، އދ މަހިބަދޫގައި “އިންޑިއާ އައުޓް” ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްގީކުރުވޭ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަަ އުފެދޭގޮތަށް ހަގީގަތާ ހިލާފް ގިނަ ވާހަކަތަކެއް ދަންނަވާފައިވާ ކަމަށާއި، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންވާ ގޮތަށް ފަރުމާކޮށް، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ތަރައްގީ ކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަދަރެއް ކަމަށެވެ. އެހެން ކަމުން އެތަނަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއް ކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ޚިލާފް ދޮގުވާހަކަތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ހައްގެން ނުވަތަ ސޮލެރިން ރައިޓެއް ކަމުގައި ދަންނަވާ ކަމަށާއި، އެހެން ކަމުން ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖެއަށް އައުމުގައި ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭ ކަމަށާއި،މ އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ގައުމީ ދިފާއި ބާރުގެ ހުއްދަެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަމަށެވެ.

ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތް. އުތުރު ތިލަފަޅުގައި ތަރައްގީކުރާ ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ – ޑިފެންސް މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ސުލަހަމަސަލަސްކަން ގެއްލުވާލާ، ދިވެހި އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ހަގީގަތާއި ޚިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށާއި، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލަލް ދިފާއުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނަނެ ކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!