ޚަބަރު
މާލޭގައި މާރާމާރީއެއް ހިންގައި މީހަކު ޒަޚަމް ކޮށްލައިފި

މާލޭގައި މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިރޭ 7:00 އެހާކަންހާއިރު މީހަކަށް ހަމަލާދީ ޒަޚަމްކުރި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ޒަޚަމްވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިމައްސަލައިގައި 37 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާ ލިބިފައިވަނީ ބިދޭސީ މީހަކަށެވެ. މިހާދިސާ ހިނގާފައިވަނީ ކުރިކީލަ މަގާއި ޗާންދަނީ މަގާއި ގުޅުނު ހިސާބުގައެވެ.

އެތަނުގައި އެވަގުތު ތިބި އާންމުންގެ ބަޔަކު ވަނީ ބިދޭސީ މީހާއަށް ހަމަލާދިން މީހާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައެވެ. މިހާރުވެސް ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ 6 ދުވަސް ކުރިންވެސް ބިދޭސީއަކު ޒަޚަމްގެ ހާލަތުގައި އޮތްވާ ހުޅުމާލޭ މަގުމަތިން ވަނީ ފެނިފައެވެ. އެމީހާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށް ޒަޚަމްކޮށްލާފައެވެ.

މިހާރަކަށް އައިސް ބިދޭސީންނަށް އަނިޔާ ކުރުން މިދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!