ޚަބަރު
ރަލުގެ ފޭކު ބާވަތެއް ބުއިމުގެ ސަބަބުން 18 މީހަކު މަރުވެއްޖެ

އިންޑިއާގެ އަވަށެއްގައި ރަލުގެ ފޭކު ބާވަތެއް ބުއިމުގެ ސަބަބުން 18 މީހަކު މަރުވެއްޖެ ކަމަށް އެޤައުމުގެ މީޑިޔާ ތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތަކުގައި ބުނާގޮތުން ފޭކު ރާ ބުއިމުގެ ސަބުން އިންޑިޔާގެ ޖަންގްރެދީ ގަދިމް ޓައުން އިން މިއަދު ދެ މީހުން މަރުވެފައިވާއިރު ގަންތޫރު ގަވަރމެންޓް ހޮސްފިޓަލްގައި އަންހެނަކަށް ފަރުވާދެމުންދާ އިރު އޭނާގެ ހާލު ސީރިއަސްއެވެ.

އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ވެސްޓް ގޯދާވަރީ ޑިސްޓްރިކްޓްގައި ފޭކު ރާ ބޮއެގެން މިހާތަނަނށް 18 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ރާ ބޮއެގެން ގިނަ އަދަދެއްގެ މީހުން މަރުވަމުންދާތީ ޕޮލިހުންނާއި އެސްއީބީ އަދި ސިއްހީ މާހިރުން ދަނީ މަރުގެ ސަބަބު ހޯދުމުގެ ގޮތުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެގޮތުން މަރުވެފައިވާ މީހުންގެ ގެތަކަށް ޒިޔާރަތް ކޮށް އެމީހުންގެ މައުލުމާތު ވަނީ އެއްކުރެވިފައެވެ. ފުލުހުންގެ ތަހުޤީގުން ދައްކާގޮތުގައި ފޭކު ރާ ބޯން ތިއްބާ އެމީހުންގެ މޫނުމައްޗަށް އަނދިރި އަރައި ހޮޑުލުލެވޭ ގޮތް ވުމާއި ބަނޑަށް ތަދުވެ އަދި ބޭރަށް ހިންގާތީ ޝަކުވާ ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އިންޑިޔާގެ ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުޤިގު ކުރަމުންނެވެ.

މި ހާދިސާގައި މަރުވެފައިވާ މީހުންނަކީ އުމުރުން 35 އަހަރާއި 65 އަހަރުގެ މީހުން ކަމަށް މީޑީޔާ ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ.

އެ ސަރަހައްދުގެ އާއްމުން ގޮތުގައި ގަވައިދާ ހިލާފަށް ބަނގުރާ ވިއްކުމަކީ ޖަންގަރިދީ ގާދިމް އާއި އެ އަވަށުގެ ވަށައިގެންވާ އަވަށްތަކުގައި ވަރަށް އާއްމު ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!