ޚަބަރު
މަސް ބޭރުކުރި އަދަދު 24 އިންސައްތަދަށަށް

މިދިޔަ 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު 24 އިންސައްތް ދަށްވެއްޖެއެވެ.

މި މައުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރޭ ކުއާޓަލީ އިކޮނޮމިކް ބްލެޓިންގަ އެވެ. އެ ބްލެޓިންގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ފަހު ތިން މަހުގެ ތެރޭގައި ރާއްޖެއިން ޖުމްލަ 20،685.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓުކޮށްފައިވެއެވެ.

އަދި އެ މުއްދަތާ އަޅާ ބަލާއިރު މިދިޔަ 2021 ވަނަ އަހަރުގެ ފަހު ތިންމަހު އެކްސްޕޯޓުކުރި މަހުގެ 6،540.8 މެޓްރިކް ޓަނުގެ މަސް ވަނީ ދަށްވެފައެވެ. މި ޢަދަދު ދަށްވުމާއި ގުޅިގެން ގަނޑުކުރި ކަޅުބިލަމަސް އެކްސްޕޯޓުކުރި ޢަދަދު 31 އިންސައްތަ ދަށަށްވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެހެން ނަމަވެސް ރާއްޖެއިން އެކްސްޕޯޓުކުރި ރީދޫ އުރަހަލީ ކަންނެލި އެކްސްޕޯޓް ކުރި އަދަދު 41 އިންސައްތް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓް ކުރި މަހުގެ އަދަދު ވަނީ 41 އިންސައްްތަ އިތުރުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!