ޚަބަރު
ގައްދޫ ގޭންގުން އަނެއްކާވެސް ތަފާތު ކަމެއް

ގދ ގައްދޫގައި ހިންގާ ޖަމްޢިއްޔާއެއް ކަމަށްވާ ގައްދޫ އެސޯސިއޭޝަން ފޯރ ނިއު ޖެނަރޭޝަން (ގޭންގް) އިން އަނެއްކާވެސް ތަފާތު މަސައްކަތެއް ކޮށްފިއެވެ. މިފަހަރު އެޖަމްޢިއްޔާއިން ކުރީ އަންނަ ރަމަޟާން މަހަށް ޚާއްޞަކޮށް އެރަށުގައި ހުރި ހަލާކުވެފައިވާ މަގު ބައްތިތައް މަރާމާތުކުރުމެވެ.

އިއްޔެ އާއި ރޭކުރި މަސައްކަތްތަކަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގޭންގްގެ ރައީސް މުޢާވިއަތު ޖަމީލް ވިދާޅުވީ ޖަމިއްޔާގެ އިސްނެގުމަށް ރަށުގައި ކުރި މަސައްކަތަކީ އެޖަމްޢިއްޔާގެ އަމިއްލަ ޚަރަދުގައިކުރި މަސައްކަތެއް ކަމަށާއި އެގޮތުން ރަށުގެ މަގުތަކުގައި ހުރި ބައްތިތަކުގެ ތެރެއިން ހަލާކުވެފައިވާ 30 ބައްތި މަރާމާތުކޮށް އަލުން ބޮކި ހަރުކޮށް ނިންމާފައި ވާކަމަށެވެ. އަދި އެ މަސައްކަތް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވަނީ މުޅިންވެސް ޖަމިއްޔާގެ މެންބަރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކުރެވުނީ ވަރަށް އެއްބައިވަންތަކަމާއެކު މެމްބަރުން ގުޅިގެން ކުރި މަސައްކަތެއް. އެގޮތުން ކައުންސިލްގެ އިޒްނައާއިއެކު މިހާރު އެވަނީ ރަށުގެ ދެބައިކުޅަ އެއްބައި ބައްތި މަރާމާތުކޮށް އަލުން ދިއްލާފަ. ބާކީ ހުރި ބައްތިތަކުގެ މަސައްކަތް  ފަހުން ކުރެވޭތޯ މި ބަލަނީ – ގޭންގްގެ ރައީސް ވިދާޅުވިއެވެ.

ގައްދޫ ގައި ހުރި ގިނަ މަގު ބައްތިތައް ނުދިއްލޭތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.

ގައްދޫ އެސޯސިއޭޝަން ފޯރ ނިއު ޖަނަރޭޝަން އިން މީގެ ކުރިންވެސް ވަނީ ވަރަށް ތަފާތު މަސައްކަތްތަކެއް ކޮށްފައެވެ. ގޭންގުންވަނީ ގައްދޫ ކައިރީގައި އޮންނަ ގަމުގައިވަ އާސާރީ ތަންތަން ސާފުކޮށް އެތަނަކީ މީހުންނަށް ފަސޭހައިން ގޮސް ބަލާލެވޭ ތަނަކަށް ހަދާފައެވެ. މީގެ އިތުރުން  ވަރަށް ގިނަ އިޖްތިމާޢީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ގޭންގް އަކީ ރަށުގެ ޒުވާނުން ހިނގާ ވަރަށް ހިންގުންތެރި ޖަމްޢިއްޔާއެއްކަން ފާހަގަ ކުރެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!