ޚަބަރު
އިންތިގެ ކެމްޕޭން ޓީމް އަންނަ ހަފްތާގައި ހުވަދު އަތޮޅަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނަށް އެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕޭން ޓީމުން އަންނަ ހަފްތާތެރޭ ހުވަދޫ އަތޮޅަށް ދަތުރުކުރަން ނިންމައިފި އެވެ.

ޗެއާޕާސަން އިންތިޚާބުގައި ވާދަކުރާ އިންތިގެ ކެމްޕޭން ޓީމު މިވަގުތު ވަނީ ހއ. އަދި ހދ. އަތޮޅުގައި ކެމްޕޭން ކުރަމުންނެވެ. އެގޮތުން އެ އަތޮޅުގެ 12 ރަށަކަށް މިހާރު ދަތުރުކޮށްފައިވާ ކަމަށް އިންތިގެ ކެމްޕޭން ޓީމުން ވިދާޅުވެއެވެ.

އިންތިގެ ކެމްޕޭން ޓީމުން ހުވަދު އަތޮޅަށް މިސްރާބު ޖަހާނެ ކަމަށް ވިދާޅުވަމުން އެ ކެމްޕޭނުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ހުވަދޫ އަތޮޅަށް އެ ޓީމުން ކުރާ ދަތުރުގައި ވެސް އެހެން ދަތުރުތަކެކޭ އެއްގޮތަށް ވީހާ ވެސް ގިނަ ރަށްރަށަށް ދަތުރުކުރާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކޮށް ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށްވެސް އެޓީމުން ވިދާޅުވެއެވެ.

ެއެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބާއްވަން ފާސްކޮށްފައިވަނީ އަންނަ މެއި މަހުގެ 16 ވަނަ ދުވަހަށެވެ. އެމްދީޕީން އެގޮތަށް ނިންމާފައިވަނީ އެޕާޓީގެ ޤަޢުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ހާޒިރުވެތިބި 112 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާއެކު އެވެ.

  1. އަލިބެއްޔާގެ މުހައްމަދު

    ހޯބޯނާރާ ދެރައީސުން ކެންޕޭނު އެކުރަނީ ރިޔާސީ އިންތިހާބަށެވެ. މިތަނުން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކާކުތޯ ދެނެގަތުމަށެވެ. ތިމީހުން ކެންޕޭނުވެސް ކުރަންވީއެވެ އައުގުރާނަ ގޮވަންވެސްވީއެވެ. އެކަމަކު ގދ.ތިނަދޫގަ ހިއްކާފަ އެއޮތް 63 ހެކްޓަރު ބިމުން ގޯތި ދޫކުރާށެވެ. ތިނަދޫއިން ގޯތި ނުދޭނަމަ އެމްޑީޕީއަކަށް ދޭނެ ވޯޓެއަނެތެވެ. އަހަރުމެންނަށް އިބޫއެއްވެސް އަންއިއެއްވެސް ޔާމިނެއްވެސް ދެންޖެހުނު މީހެއްވެސް މުހިއްމެއް ނޫނެވެ

  2. ޔައުމިއްޔާއިން ފޮޅުވަތެއް

    ބަޔަކު ރާއްޖޭގަ ނޫސްވެރިކަން ކުރެއޭބުނީމަ ތި ނޫސްވެރިކަން ކުރަނީ. މީ ތި ނޫސް ބަރާބަރަށް ކިޔާ މީހެއް. ފޭސްބުކު ޕޭޖަށް ވެސް ވަަންނަ މީހެއް. ބަޔަަކަށް ވުރެ ކުރިއަރަން އެކަމަކު ތި އަޅާ ބޮޓު ލައިކެއް ދޯ. ތިކަންތައް ވަރަށް ގިނަ މީހިންނަށް ފާހަގަވެގެން މަވެސް ބަލައިފިން. ބައެއްފަހަރު 100 ލައިކް ގިނަވެފަ ބައިގަޑިއިރު ފަހުން 50 ލައިކް މަދުވެދާނެ. ތިހެން ނަހަދަބަ ބުރޯމެން.