ޚަބަރު
ގޯލްޑަން ފުޓްސަލް ޗެލެންޖަށްފަހު މާމެންދޫ އުފަލުން ފޮޅިފައި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން މާމެންދޫން ހޯދުމަށްފަހު ޓީމް ރަށަށް އައުމުން މާމެންދޫގެ ރައްޔިތުން އެޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މާމެންދޫގެ ތާރީޚްގައި ކުޅިވަރުން މިހާބޮޑު ކާމިޔާއެއް ލިބުމުން ރަށުގެ ކުދި ބޮޑު އެންމެން ވަނީ ޓީމަށް މަރުޙަބާ ކިޔަން ބަދަރު ސަރަހަށްދަށް ނުކުމެފައެވެ. ހެނދުނު ޓީމް ރަށަށް އައުމުން ރަތްދޫލައިގެ މަރުޙަބާއެއް ކިޔާފައިވާއިރު ރަށަށް ލިބުނު ތާރީޚީ ބޮޑު ކާމިޔާބީގެ އުފަލުގައި ވަނީ ރަށުގެ ހުރިހާ މަގެއްގައި ޕިކަޕް ބުރެއް ބާއްވާފައެވެ. އަދި ޓީމްގެ ފަރާތުން ޒުވާނުންނާއި އެކު އާންމު އެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މާމެންދޫ މުޅިން އަލަށް ބައިވެރިވެ ޒުވާން ޓީމުން ހޯދައިދިން ކާމިޔާބީގައި މުޅި މާމެންދޫގެ ކުދިބޮޑު އެންމެންގެ ގިނަގުނަ އެހީތެރިކަން ލިބިފައިވާކަން ޓީމުން އުފަލާއެކު ފާހަގަކުރެއެވެ.

މުބާރާތުގައި ގއ. ގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް ފައިނަލް ކުޅެފައިވާ އިރު، ފައިނަލްގައި މާމެންދޫން ނުކުތީ ކޮނޑޭއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ހަމަލާތައް ގިނައެވެ. އެހެން ނަމަވެސް މަދުވީ ގޯލެކެވެ. މެޗުގެ ފުރަތަމަ ގޯލު، ދެވަނަ ހާފުގައި ފެނުނީ ކޮނޑޭގެ ފަރާތުންނެވެ. އެ ގޯލާއެކު ކޮނޑޭއަށް ތަށި ނެގުނުހެން ހީވި ނަމަވެސް މާމެންދޫގެ ހިތްވަރު ބައްޔެއް ނުވިއެވެ. މެޗުގެ ފަހު މިނެޓު ކޮޅުގައި މާމެންދޫން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ.

ޕެނަލްޓީގައި މާމެންދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ކޮނޑޭން ނާކާމިޔާބު ކޮށްލީ އެޓީމުގެ ހަތަރު ވަނަ ޕެނަލްޓީއެވެ. ކޮނޑޭގެ އެޕެނަލްޓީ ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ މުބާރާތުގައި މާމެންދޫ ޓީމުގައި މޮޅަށް ކުޅުނު، ރައުހާން ރިފްއަތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!