ކޮވިޑް19 ގެ ގިނަ ކޭސްތަކެއް ފެނި މޮނިޓަރިންގް ހާލަތަށް ގދ.ނަޑައްލާ ދިއުމުން ރަށުގެ ޙާލަތު ބެއްލެވުމަށް ފަހު އިބްރާހިމް ނާފިޒް (ޗިކާ)ގެ ދީލަތި އެހީއެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭން ފަށައިފިއެވެ.
ރަށަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އެހީތެރިވާ ރަށުގެ ޒުވާނެއް ކަމަށްވާ ޗިކާ “ހުވަދޫ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނަޑެއްލާގެ މުޖްތަމައު ތެރެއިން ކޯވިޑް19 ކޭސް ތަކެއް ފެނުމާއިއެކެ، ވަކިވަކި ފަރުދުންނަށް ގުޅައި ރަށުގެ ހާލަތު އޮޅުންފިލުވަމުން ގެންދާކަމަށާއި ރަށުގެ ރައްޔިތުންނަށް މިދަތި ދަނޑިވަޅުގައި އެހީވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޗިކާ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ގިނަ ކޭސް ތަކެއް ފެނިފައިވާ ނަޑެއްލާގެ ހުރިހާ ގެއަކަށް ކާޑުގެ ބާވަތް ތަކުގެ ތެރޭގައި ހިމެނޭ ފުށް، ހަނޑޫ، ހަކުރު ހަދިޔާ ކުރުމަށް ޗިކާ ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ރަށުގެ ކޮންމެ ގެއަކަށް މޭވާގެ ބާވަތް ތަކެއް ހަދިޔާކުރުމަށްވެސް ޗިކާ ދަނީ މަސައްކަތްކުރަމުނެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން ޗިކާ ވިދާޅުވީ ރަށުގެ ކޮންމެ ގެއަކަށް ކާޑުގެ ބާވަތަކުން ފަސް ކިލޯ ހަދިޔާ ކުރެވޭނެހެން ތަކެތި މިހާރު ބޯޓަށް އަރުވާފައިވާނެ ކަމަށާއި، އެހެން ކަމުން ބޯޓު ނަޑެއްލާއަށް ދެވުނުހާ އަވަހަށް ރަށުގެ ރައްޔިތުންނަށް ތަކެތި ހަދިޔާ ކުރެވޭނެކަމަށްވެސް ޗިކާ ވިދާޅުވިއެވެ.
މީގެ އިތުރުން ޗިކާ ވިދާޅުވީ ރަށަށް ދިމާ ވެފައިވާ ދަތި ޙާލަތަކީ ކަންބޮޑު ވާންޖެހޭ ކަމަށް ކަމަށާއި މިއަދު ރައްޔިތުންގެ ޒަރޫރީ ކަންކަމުގައި އުފުލާން ދަތި އިޙުސާސް ކުރެވޭ ކަމަށްވެސް ޗިކާ ވިދާޅުވިއެވެ.
ނަޑެއްލާގެ ރަށުތެރެއަށް ބަލި ފެތުރި ގިނަ ބަޔަކު ކޮވިޑް19 އަށް ފައްސިވަމުންދާއިރު އިއްޔެވެސް އެރަށުން ވަނީ 59 ފަރާތެއް ކޮވިޑަށް ފައްސިވެފައި ވާއިރު މިއަދު ވަނީ 3 ފަރާތެއް ކޮވިޑް19 އަށް ފައްސިވެފައެވެ.
ވަރަށްވެސްް ހެޔޮޮ އަމަލެއްް. ޝުކުރިއްޔާ