ތ.ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު އެއިދާރާއަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަމަލާދިނީ ކޮންއެއްޗަކުން ކަމެއް ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.
އަނިޔާ ލިބުނު ފިރިހެން މީހާއަށް އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާއިރު، އިއްޔެ މާލޭގައި ވަނީ ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އެމައްސަލައާއި ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.