ޚަބަރު
ފެނަކައިގެ އަމާޒަކީ ގެނދަބުޅި ބަދިގެތައް ނޫނީ ގެނދަބުޅި އިންޖީނުގެތައް އެއްކޮށް ބަދަލުކުރުން – ސައީދު

ރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގުތައް މީހުން ދިއރިއުޅޭ ސަރަހައްދާއި ދުރަށް ގެންދިއުމަށް ހިންގާ ހުރިހާ މަޝްރޫޢުއެއް އަންނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ، އެކުންފުނިން ފަށާފައިވާ ހުރިހާ މަޝްރޫޢުއެއްވެސް ވަރަށް ހަލުވި ބާރުމިނުގައި ކުރިއަށްދާކަމަށާއި، ކޮވިޑް-19 އާއިއެކުވެސް އެ މަޝްރޫޢުތަކަށް މާބޮޑު ލަސްތަކެއް އައިސްފައި ނުވާކަމަށެވެ. ސަޢީދު ވިދާޅުވީ ފެނަކައިން މިހާތަނަށް ފަށާފައިވާ ހުރިހާ މަޝްރޫޢުއެއް އަންނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށެވެ. އޭގެތެރެއިން ގިނަ މަޝްރޫޢުތަކެއް މިއަހަރުވެސް ނިމޭނެކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ފެނަކައިގެ ޓާގެޓަކީ މުޅި ދިވެހި ރާއްޖޭގައި ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި ގެދަނބުޅިި ބަދިގެތައް ނޫނީ ގެނދަބުޅި އަރަމުންދާ އިންޖީނުގެތައް އެއްކޮށް ބަދަލުކޮށް ނިންމުން. އަޅުގަނޑަށް މިހާރު ފެންނަ ފެނުމުގައި އެއަށްވުރެ ކުރިންވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް. – ސަޢީދު ވިދާޅުވިއެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އިންޖީނުގެތަކާއި ހަވާލުވިއިރުވެސް ވަރަށް ދަށް ހާލަތުގައި ހުރި ގިނަ އިންޖީނުގެތަކެއް ހުރިކަމަށާއި، އެކުންފުނިން ރާއްޖޭގައި، 154 އިންޖީނުގެ ހިންގަމުން ގެންދާއިރު، އޭގެ ތެރެއިން ފަސްދޮޅަހަށްވުރެ ގިނަ އިންޖީނުގެތަކުގެ ހާލަތު ވަަރަށް ދަށެވެ.

ރައްޔިތުން ދިރިއުޅެމުންދާ ސަރަހައްދުގަ ހުރި އޭގެ އެންމެ ހާލަތު ގޯސް 66 އިންޖީގު ހުންނާނެ. އެ ހުރިހާ ތަނެއްގެވެސް މަސައްކަތް ކުރިއަށް ގޮސް އޭގެ ތެރެއިން ގާތްގަނޑަކަށް 30 އަށް ވުރެ ގިނަ ޕްރޮޖެކްޓްތައް ނިމި އެހެން ޕްރޮޖެކްޓްތައް ނިމުމުގެ މަގުމަތީގަވަނީ. އެހެންވީމަ ވަރަށް ބޮޑު އުއްމީދެއް އެބައޮތް ޓާގެޓަށް ނިންމާލެވޭނެކަމުގެ. – ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވިއެވެ.

ސައީދު، ވިދާޅުވި ގޮތުގައި، ފެނަކައިން ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް، ރަށްރަށުގެ ހާލަތު ދަށްކަމެވެ. މިގޮތުން ބައެއް ރަށްރަށުގައި އެޅިފައި ހުރި، ކަރަންޓް ނެޓްވޯކް ތަކަކީ، މީގެ 25 ނުވަތަ 30 އަހަރު ކުރީގެ ނެޓްވޯކްތަކެކެވެ.

ގޮންޖެހުންތަކާއެކުވެސް ފެނަކައިގެ އަމާޒަކީ، ދަތިނުވެ 25 އަހަރަށް ވުރެ ގިނަ ދުވަހަށް ބޭނުން ކުރެވޭނެ މިންވަރަށް ޒަމާނީ ފެންވަރުގެ އިންޖީނުގެތައް ބިނާކޮށް ކަރަންޓް ނެޓްވޯކްތައް ބަދަލުކޮށް އެކުންފުނީގެ ހުރިހާ އިންޖީނުގެތަކެއް އެންމެ މިޒަމާނާއި އެއްގޮތަށް ބަދަލު ކުރުމެވެ. މިއާއެކު ޒަމާނުއްސުރެ ރައްޔިތުން އުފުލަމުންއައި ތަކުލީފުތަކަށް ވަރަށް ބޮޑު ހައްލެ ލިބޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!