ޚަބަރު
ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކަށް ފިޔަވަޅު އަޅާނަން – ޓްރާންސްޕޯޓް

ޓެކްސީ ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ބުނެފިއެވެ.

ޓްރާންސްޕޯތް މިނިސްޓްރީއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުންހުރި އަސާސީ ހިދުމަތަކަށްވެފައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ދިވެހިރާއްޖޭގައިވެސް މި ޚިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ޚިދުމަތަކަށްވާތީ ޓެކްސީ ދަތުރު ތަކުގެ އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތެލަށް އައި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގަށް ބަދަލުގެނައުމާއި ގުޅޭގޮތުން މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި، މިކަމަކީ ހުރިހާ ރައްޔިތުންނާއި ގުޅި ލާމެހިފައިވާ އަސާސީ ޚިދުމަތެއް ކަމަށް ވުމުން، ޓެކްސީ ދަތުރުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެ ދަށުން ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެބާރު ލިބިގެންވަނީ މިނިސްޓްރީއަށް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ނުނެގުމަށާއި ޓެކްސީ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށްވެސް އެމިނިސްޓްރީއިން ނެރުއްވި ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީއިން މިހެން ބުނެފައިވާއިރު، ޓެކްސީ ދުއްވާ ފަރާތްތަކުންނާއި ޓެކްސީ ސެންޓަރުތަކުން ވަނީ، ތެލުގެ އަގަށް އައި ބަދަލާއެކު ޓެކްސީގެ ޚިދުމަތުގެ އަގު ބޮޑުކޮށްދިނުމަށް މިނިސްޓްރީއަށް މުހުލަތެއް ދިނުމަށްފަހު ޓެކްސީގެ އަގު ސެންޓަރުތަކުން ހުށަހަޅާފައިވާ އަގާއި އެއްގޮތަށް ނަގައި ދަތުރުކުރަން ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!