ގދ ތިނަދޫއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 8 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ތިނަދޫގައި ހުންނަ ޑރ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އަދާހަމަ އިން ދައްކާ ގޮތުގައި އެރަށުން މިއަދު ކޮވިޑް-19 އަށް ފައްސިވެފައިވަނީ ކޮންޓްކެޓް ޓްރޭސިންގައި ފާހަނގަ ކުރެވިފައިވާ 08 ފަރާތެކެވެ. އަަދި ބަލިން ފަސޭހަވެފައިވަނީ 11 ފަރާތެކެވެ. އެއާއެކު ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 82 އަށް ތިރިވެފައެވެ.
ތިނަދޫގެ މުޖުތަމައު ތެރެއިން ކޮވިޑްގެ ކޭސްތަކެއްފެނި އެރަށުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އައިސް މިހާރު އެރަށުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިއުމާ ގުޅިގެން އެރަށުގައި ކުރިން އަޅާފައިވަ ހަރުކަށި ފިޔަވަޅުތަކަށްވަނީ ލުއިތަކެއް ދީފައެވެ.
ތިނަދޫއިން މިހާތަނަށް 917 ފަރާތެއް ޖުމްލަ ފައްސިވެފައިވާއިރު، ބަލިން ފަސޭހަވެފައިވަނީ 833 ފަރާތެކެެވެ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް 3 ފަރާތެއް ވަނީ ނިޔާވެފައެވެ.
ތިނަދޫގެ އިތުރުން އެއަތޮޅު ނަޑެއްލާގެ މުޖުތަމައު ތެރެއިން ކޮވިޑްގެ ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގ އަށް ލާފައިވާއިރު، އެރަށުން މިހާތަނަށް ޖުމްލަ 92 ފަރާތެއް ކޮވިޑް-19 އަށް ފައްސިވެފައިވާ އިރު، ބަލިން 3 ފަރާތެއް ފަސޭހަވެ އެރަށުގެ އެކްޓިވް ކޭސްގެ އަދަދުވަނީ 89 އަށް އަރާފައެެވެ.