ވިޔަފާރި
ވޯޓާ ޑެކްގެ “ޕެރި ޕެރި ޕިއްޒާ” ތަފާތު ޕިއްޒާއެއް!

ގދ. ތިނަދޫގެ ހިތްގައިމު ރެސްޓޯރެންޓެއް ކަމުގައިވާ ވޯޓާ ޑެކް ރެސްޓޯރަންޓަކީ ތަފާތު އެކި އުމުރުފުރާގެ މީހުންގެ މެދުގައި އަބަދުވެސް މަޤްބޫލު ރެސްޓޯރެންޓެކެވެ. ތަފާތު މީރު ރަަތަކާއިއެކު ތަފާތު ޑިޝްތައް ތަޢާރަފް ކުރުމަކީ އަބަދުވެސް ވޯޓާޑެކްގެ ވަރަށް ބޮޑު އަމާޒެކެވެ. ވޯޓާޑެކްގެ ކަސްޓަމަރުންގެ މަޤުބޫލުކަން ހޯދާފައިވާ، އެ ރެސްޓޯރެންޓުގެ ޚާއްސަ “ޕެރި ޕެރި” ސީރީޒްގެ ތަފާތު ޑިޝްތަކުގެ ލިސްޓަށް އަނެއްކާވެސް މުޅިން އާ ބަވަތެއް މިވަނީ އިތުރު ކޮށްފައެވެ.

މިފަހަރު ޕެރި ޕެރީގެ ރަޙަތަކަށް އިތުރު ވެގެން މިދިޔައީ މިއީ ވަރަށްވެސް ތަފާތު މީރު ޕިއްޒާއެކެވެ. “ޕެރި ޕެރި ޕިއްޒާ” އެވެ. ވޯޓާ ޑެކްގެ “ޕެރި ޕެރި” ގެ ކޮންމެ ޑިޝްއެއް ވެސް ތަފާތުވެފައި، އެހާމެ މީރުކަމުގައި ކަސްޓަރުން ފާހަގަކުރެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް މީރު ހެދިކާގެ ބާވަތަށް ޕިއްޒާ ވެފައި ވާއިރު، ވޯޓާ ޑެކްގެ “ޕެރި ޕެރި ޕިއްޒާ” ވެސް ވެގެންދާނީ، ވަރަށްވެސް ތަފާތު ރަހަމީރު ޕިއްޒާއަކަށެވެ. ޕިއްޒާ ކެމުމަށް ލޯބިކުރާ ކަސްޓަމަރުން، ޕެރި ޕެރި ޕިއްޒާގެ ރަހަ ތަޖުރިބާކޮށްލުން ބުއްދިވެރިއެވެ. ޕެރި ޕެރި އަކީ ވޯޓާ ޑެކްގެ އާންމު ކަސްޓަމަރުންގެ މެދުގައި މިހާރު އެންމެ މަގުބޫލު އަދި އެންމެ ގިނަ އަދަދަކަށް ވިކޭ ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއް ރަހަ ވެސް މެއެވެ.

ޕެރި ޕެރި ޕިއްޒާ އަކީ، ވޯޓާ ޑެކް އިން މިފަހަރު ކުރިޔަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން، ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ގެނެސްދީފައިވާ ހެދިކާގެ ބާވަތެކެވެ. ޕެރިޕެރި މެނޫ އަށް އަލަށް މިއިތުރު ކުރެވުނު ޕިއްޒާގެ އިތުރުންވެސް ޕެރި ޕެރިގެ އިތުރު ރަހަތަކަކާއެކު ތަފާތު ޑީޝްތައް ތައާރަފް ކުރުމަށް ވޯޓާ ޑެކް އިން ވަނީ ނިންމާފައެވެ.

ވޯޓާޑެކްގެ “ޕެރި ޕެރި ޕިއްޒާ”

ވޯޓާ ޑެކް އިން މިހާރުވެސް ޕިއްޒާގެ ގިނަ ވައްތަރު ލިބެން ހުންނައިރު، އަލަށް ތައާރަފް ކުރެވުނު ޕެރި ޕެރި ޕިއްޒާވެސް ވެގެންދާނީ ހަމަ ޔަގީނުންވެސް ޕެރި ޕެރީގެ ރަހަތަކަށް ލޯބިކުރާ ކަސްޓަމަރުންނަށް ލިބިގެންދާނެ އިތުރު މީރު ހެދިކާގެ ބާވަތަކަށްކަން ޔަޤީނެވެ. ޕެރި ޕެރި ޕިއްޒާ ވެގެންދާނީ، އާއިލާތަކާއި ރައްޓެހިންނަށް ބާއްވާ ޚާއްސަ ކެއުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ، މީރު، ރަހަ ތަޖުރިބާ ކޮށްލެވޭނެ، ކެއުމުގެ ބާވަތަކަށެވެ.

ވޯޓާ ޑެކުން ލިބެން ހުންނަ އެހެނިހެން ޚިދުމަތްތަކެކޭ އެއްފަދައިން ޕެރި ޕެރި ޕިއްޒާވެސް އޯޑަރު ކޮށްލުމުން ގެއަށް ޑެލިވަރީ ކޮށްދެވޭނެއެވެ. ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ރޯދަ ވީއްލުމަށް ޕެރި ޕެރި ޕިއްޒާ ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ލިބިގެންދާނެއެވެ.

ބަނޑުފުރައި ކައިގެން ގޭގައި ތިބެމާ – ވޯޓާޑެކްގެ ފެމިލީޕެކް މިހާރު އޯޑަރުކޮށްލެވޭނެ!

ވޯޓާޑެކް ރެސްޓޯރަންޓަކީ އަތްފޯރާ އަގެއްގައި ތަފާތު ރަހަމީރު ކާތަކެތި ތައްޔާރުކޮށްދޭ، ޒުވާނުންނާއި، ތަފާތު އުމުރުގެ ބޭފުޅުގެ މެދުގައި ވަރަށް މަޤްބޫލު ރެސްޓޯރެންޓެއްކަން ފާހަގަ ކޮށްލެވެއެވެ. ތަފާތު މީރު އާވައްތަރުގެ ޑިޝްތައް ކަސްޓަމަރުންނަށް ތަޢާރަފުކުރުމަކީ ވޯޓާޑެކް ރެސްޓޯރަންޓްގެ ވަރަށް ބޮޑު އަމާޒެކެވެ.

ޕެރި ޕެރިގެ ތަފާތު ކެއުމުގެ ބާވަތްތަކުގެ އިތުރުން، ވޯޓާޑެކް ރެސްޓޯރަންޓުން ފަހުން ތަޢާރަފްކޮށްފައިވާ ޝެޒުއާން ރައިސް، ޗިކަން ކަބާބް ފަދަ ޑިޝްތައްވެސް ކަސްޓަމަރުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައި ވާކަން ފާހަގަކޮށްލެވެއެވެ. ވޯޓާޑެކްގެ ތަފާތު ކެއުމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ބްރައުންޗިކަން ސޭންޑްވިޗް، ޕަނީނޯ، ޕިއްޒާ، ބާގަރ ސަބްމެރިން، ޕެރިޕެރި ރައިސް އަކީ އެރެސްޓޯރަންޓުން އެންމެ ވިޔަފާރި ރަނގަޅު ކެއުމުގެ ބާވަތުގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

ވޯޓާ ޑެކް ރެސްޓޯރަންޓުގެ އުއްމީދަކީ، ވޯޓާ ޑެކްގެ ޚާއްސަ “ޕެރި ޕެރި” ގެ ކުރީގެ ރަހަތަކޭ އެއްފަދައިން ޕެރި ޕެރި ޕިއްޒާ ވެސް ކަސްޓަމަރުންނަށް ކަމުދާނޭ ބާވަތަކަށް ވެގެން ދިޔުމެވެ. ވޯޓާ ޑެކްގެ ކުރިއެރުމަކީ، ލޮބުވެތި ކަސްޓަމަރުން، ރެސްޓޯރަންޓާއި ދެމެދު ބަހައްޓަވާ ގާތް ގުޅުމާއި، ކަސްޓަމަރުންގެ ފީޑްބެކް އަދި ތަފާތު ޑިޝްތަކަށް އަބަދުވެސް ދެއްވާ ތަރުހީބު ކަމަށް އެ ރެސްޓޯރެންޓުން ޤަބޫލުކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!