ޚަބަރު
ތިންކިންގް ޑޭ އާއި ފައުންޑަރސް ޑޭ ފާހަގަ ކުރުމަށް ތިނަދޫ ސްކޫލުން ރަށުގެ ގޮނޑުދޮށް ސާފުކޮށްފި

ބައިނަލްއަޤްވާމީ ތިންކިންގް ޑޭ އާއި ފައުންޑަރސް ޑޭ ފާހަގަ ކުރުމަށް ތިނަދޫ ސްކޫލުން ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ހަވީރު  ވަނީ  ކުރިޔަށް  ގެންދެވިފައެވެ.

200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ހަރަކާތުގައި ތިނަދޫ ކުނިކޮށިގެ އުތުރުން ފެށިގެން ބޮޑު ސަރަހައްދެއްގައި ޕްލާސްޓިކް ފުޅިއާއި ދަޅުގެ އިތުރުން ފަސޭހައިން ނެގޭ ޒާތުގެ ކުނި ވަރަށް ގިނަ އަދަދަކަށް ނަގާ އެއްތަން ކޮށްފައެވެ.

މި ހަރަކާތުގައި ތިނަދޫ ސްކޫލްގެ ސްކައުޓް، ކަބް ސްކައުޓް އަދި  ޕްރީީ ކަބް ކުދިންގެ އިތުރުން ގަރލް ގައިޑް, ލިޓްލް މެއިޑް އަދި ސްޓަރ ގެ ހުރިހާ ކުދިން ބައިވެރިވިއެވެ.

ތިނަދޫ ސްކޫލުގެ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހިންގި ހަރަކާތަކީ ތިންކިންގް ޑޭ އާއި ފައުންޑަރސް ޑޭ ފާހަގަ ކުރުމަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޕްރޮގްރާމް ކަމަށާއި މީގެ އިތުރުން ސްކޫލް ގައި ‘ކުދެކުދެ ކޭމްޕް’. ގެ ނަމުގައި އެއް ހަރަކާތް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މިއަދު ކުރިޔަށް ދިޔަ ސާފުކުރުމުގެ މަސައްކަތުގައި ސްކޫލް ދަރިވަރުންނަށް އެހީތެރި ވުމަށް ބައެއް ބެލެނިވެރިން އިތުރުން ހުރިހާ ޓީޗަރުންނާއި ސްކޫލްގެ މައިނާ ސްޓާފުން ބައިވެރިވެ އެހީތެރިކަން ދީފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!