ޚަބަރު
ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްޚީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައިވާކަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވަމުންނެވެ.

މިނިސްޓްރީ އޮފް ހެލްތް އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަކޮށްފައިވުމާއި، ބަލި ޖެހޭ މީހުންގެ ނިސްބަތް ދަށްވެ، ބަލީގައި ނުރަައްކާތެރި ހާލަތަކަށް ގޮސްގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ނިސްބަތް ދަށްވެފައިވާތީ، 12 މާރިޗު 2020 ގައި އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ފަދަ ޙާލަތެއް ނެތްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާތީ، މިއަދުން ފެށިގެން އެހާލަތު އުވައިލުމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށެވެ.

ރައީސް ސޯލިހު މިރޭ ގައުމާއި މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން، ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރީ ސަފުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ދިވެހިރައްޔިތުންނާއި އެމަނިކުފާނުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!