ޚަބަރު
ސްކޫލްތަކަށް ދަރިވަރުން ހާޟިރުވާއިރު މާސްކް އެޅުން މަޖުބޫރެއް ނޫން – އެޑިއުކޭޝަން

ސްކޫލްތަކަށް ދަރިވަރުން ހާޟިރުވާއިރު މާސްކް އެޅުން މަޖުބޫރެއް ނޫންކަމުގައި އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

އެމިނިސްޓްރީއިން ދެންމެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އާންމު ތަންތަނުގައި މާސްކް އަޅަން ނުޖެހޭ ކަމަށް ނިންމުމާއި ގުޅިގެން، ބައްޔަށް ޕޮޒިޓިވްވާ ރޭޓް 20 އިންސައްތަ އަށްވުރެ ދަށްކޮށް އުޅޭ ރަށްތަކުގެ ސްކޫލްތަކަށް ދަރިވަރުން ހާޟިރުވާއިރު މާސްކް އެޅުން މަޖުބޫރެއް ނޫންކަމަށެވެ.

އެހެން ނަމަވެސް ބެލެނިވެރިންނާއި ދަރިވަރުން ބޭނުންނަމަ، ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށާއި، އަދި ހައިރިސްކު ދަރިވަރުން ސްކޫލަށް ހާޟިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއް ކަަމަށްވެސް މިނިސްޓްރީއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ސްކޫލްގައި އުޅޭ ވަގުތު މާސްކް އެޅުން މަޖުބޫރު ކަމެއް ކަމުގައި ނުވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލްގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށްގެންދެވޭނެ ކަމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!