ޚަބަރު
“ނިލަ ދާންދޫ ބްރިޖް” ގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ މަސައްކަތް މިދަނީ ކުރަމުން – ދާންދޫ ކައުންސިލް

ގއ. ދާންދޫއާއި ގއ. ނިލަންދޫ ބްރިޖަކުން ކުޅާލުމަށް ބޭނުންވާ “ނިލަ ދާންދޫ ބްރިޖް” އެޅުމުގެ މަޝްރޫއު އަންނަ އަހަރު ދައުލަތުގެ ބަޖެޓުގައި ހިމަނުއްވައި ދެއްވުމަށް ކަމާއި ބެހޭ ވުޒާރާތަކުގައި ދާންދޫ ކައުންސިލުން ދެންނެވުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމުގައު ދާންދޫ ކައުންސިލުން ބުނެފިއެެވެ.

ދާންދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދާންދޫއާއި ނިލަންދޫ ބްރިޖަކުން ގުޅާލުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައި ދާންދޫ ކައުންސިލުން ނެރެ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ދިރާސާ ކުރައްވައި އެކަން މިހާރު ދާންދޫ ކައުންސިލަށް އަންގަވާފައިވާ ކަމަށެވެ.

އެގޮތުން އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އަދި ކަމާއި ބެހޭ ވުޒާރާގައި ދާންދޫ ކައުންސިލުން ދެންނެވުމަށްވެސް ރައްޔިތުންގެ މަޖޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފެނިވަޑައިގަންނަވާ ކަމަށާއި، ދައުލަތުގެ ބަޖެޓުގައި ހިމެނޭ ތަރައްޤީޣެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލެއްވުން ދާންދޫ ކައުންސިލަށް ދެއްވަން އެކޮމިޓީއިން ނިންމަވާފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ އެންމެހާ މެމްބަރުންނަށާއި، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެމްބަރުންނަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދާންދޫ ކައުންސިލުން ނުހަނު އިޙްލާސްތެރިކަމާއެކު ޝުކުރާއި ތައުރީފު ދަންނަވާ ކަމަށްވެސް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނިލަންދޫއާއި ދާންދޫ ބްރިޖަކުން ގުޅާލުމަށް ގޮވާލައި ދާންދޫ ކައުންސިލުން 08 ނޮވެމްބަރު 2021 ވަނަ ދުވަހު ނެރުނު ގަރާރު މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއިން ދިރާސާ ކުރައްވައި 13 މާރިޗު 2022 ގައި ވަނީ އެކައުންސިލަށް އެކޮމިޓީއިން ނިންމެވި ގޮތް އަންގަވައިދެއްވައި ސިޓީއެއް ފޮނުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!