ޚަބަރު
ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކު ޒަޙަމްވެ އެކެއްގެ ފައި ޗިސްވެއްޖެ

ތިލަފުށީގައި މަސައްކަތް ކުރަން އުޅުނު ތިން މީހަކަށް އަނިޔާވެ، އޭގެތެރެއިން އެކެއްގެ ފައި ޗިސްވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރުމުގައި އުޅުނު ތިން ބިދޭސީންނަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމުގެ ރިޕޯޓް މިއަދު 11:05 ކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެހާދިސާގައި އަނިޔާވި އެކެއްގެ ފޮޓޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު،

އެ ހާދިސާގައި އަނިޔާވި އެކަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުން އޭނާގެ ފައިގެ ކަކުލުން ތިރި އޮތީ ޗިސްވެފައެވެ. އަދި ފައިތިލައިގެ ހަންގަނޑު ކަފައިގެން ގޮސް، ކަށިގަނޑު ވެސް ފެނެއެވެ.

އެ ތިން މީހުންނަށް އަނިޔާވި ގޮތެއް އަދި އެއީ ކޮން ސައިޓެއް ކަމެއް ވެސް އަދި ޔަގީނެއް ނުވެއެވެ. މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!