ވިޔަފާރި
30% ޑިސްކައުންޓާއެކު ޑީއެމްއެން ރޯދަސޭލް، ކޮންމެ 500ރ ވިޔަފާރިއަކަށް ކޫޕަނެއް

ތިނަދޫގައި ފުޅާ ދާއިރާއެއްގައި ބަދިގޭގެ ސާމާނާއި، ގޭގައި ބޭނުންކުރާ އެހެނިހެން ތަކެތީގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ ޑީއެމްއެން އިން މިފަހަރުވެސް ކޮންމެ ރޯދަމަހަކާއި ދިމާކޮށް ބާއްވާ “ޑީއެމްއެން ރޯދަސޭލް 1443” ބާއްވަން ނިންމައިފިއެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ނިޔަލަށް ބާއްވާ މި ސޭލްގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަށް ކޫޕަނެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބައްލަވައިގަންނަވާ ކޮންމެ ވިޔަފާރިއަކުން 30 އިންސައްތައާއި ހަމައަށް ޑިސްކައުންޓު ދިނުމަށްވެސް ޑީއެމްްއެން އިން ވަނީ ނިންމާފައެވެ.

އަދި މިސޭލްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ދުބާއީގެ ދެކޮޅު ޓިކެޓު ދިނުމުގެ އިތުރުން ދެވަނައަށް ހޮވޭ ފަރާތަށް 50 އިންޗީގެ ސްމާޓް އެންޑްރޮއިޑްޓް ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާއިރު، 3 ވަނަ އަށް ހޮވޭ ފަރާތަށް ހައިސެންސް 12،000BTU ގެ ސްމާޓް އޭސީއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ޑީއެމްއެން އަކީ، ހުވަދު އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި ބަދިގޭގެ ސާމާނު އަދި ފަރުނީޗަރުގެ އިތުރުން ހާޑްވެއަރ ސާމާނު ވިއްކާ އެއް ކުންފުންޏެވެ. ޑީއެމްއެން އިން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ބާއްވާ ރޯދަ ސޭލްގައި ރޯދަމަހަށް ޙާއްސަކޮށް ރަގަޅު އަގުތަކެއްގައި ސާމާނު ލިބެން ހުންނާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!