ޚަބަރު
މާމެންދޫ ކައުންސިލްގެ ރައީސް އަންހެން ބޭފުޅުންނަށް ހުތުރު ބަސްތައް ކިޔާފައިވާތީ އެކަން ކުށްވެރިކުރަން – ދާންދޫ ކައުންސިލް

ގއ މާމެންދޫ ކައުންސިލް ރައީސް އަޙްމަދު ޢަަޒީޒު، ގއ ދާންދޫ އަންހެން ބޭފުޅުންނަށް މަތިކޮށް ހުތުރު ބަސްތަކެއް ކިޔާފާއިވާތީ އެކަން ދާންދޫ ކައުންސިލުން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

ދާންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދާންދޫ އަންހެން ބޭފުޅުންނަށް މަތިކޮށް މާމެންދޫ ކައުންސިލްގެ އޮފިޝަލް ވައިބަރ ގްރޫޕެއްގައި މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް ހުތުރު ބަސްތައް ކިޔާފައިވާތީ އެފަދަ ކަންކަން ކުރުން ހުއްޓާލުމަށް އަންގާކަމަށެވެ.

ދާންދޫ ކައުންސިލުން ހިންގާ ހަރަކާތްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ނެރޭ މަންޒަރުތަކާއި ފޮޓޯތަކާއި ހަބަރުތަކަކީ އެކައުންސިލުގެ ފިކުރީ ތަކެތި ކަމާއި އެރަށުގެ އެންމެހާ ރައްޔިތުންނަކީ އެކައުންސިލް، އެމީހުންގެ މައްޗަށް ބާރުވެރިވާ ރައްޔިތެއްކަމާއި، އެރަށުގެ ކޮންމެ ރައްޔިތެއްގެ ކާރާމާތާއި އަގު ނެގެހެއްޓުމަކީ އެކައުންސިލްގެ މައްޗަށް ލާޒިމްކަމެއްކަމަށާއި، އެއިން އެއްވެސް އަންހެން ބޭފުޅަކަށް ވިޔަސް އަދި ފިރިހެން ބޭފުޅަކަށް ވިޔަސް އެއިން އެއްވެސް ރައްޔިތެއްގެ އަބުރަށް ހުތުރުވާގޮތަށް އެއްވެސް ފަރާތަކުން ބަސްމަގު ބޭނުންކުރުމަކީ މިކައުންސިލުން އެދޭކަމެއް ނޫންކަމުގައި ދަންނަވާ ކަމަށްވެސް އެކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އެކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކެއްގެ ފޮޓޯތަކުގެ ތެރެއިން ކައުންސިލްގެ ރައީސް މުހައްމަދު އާޞިފުގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯއެއް މާމެންދޫ ކައުންސިލްގެ ވައިބަރ ގްރޫޕަކަށް ހިއްސާކޮށް މާމެންދޫ ކައުންސިލްގެ ރައީސް ބޭނުންކުރީ އައިބުވެތި ބަސްމަގެއް ކަމަށް އެކައުންސިލުން ދެކޭ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ކައުންސިލް ރައީސް މުހައްމަދު އާޞިފްގެ އަމިއްލަ ފޭސްބުކަށްލާފައިވާ ދާންދޫ ދޮށީ އުމުރުގެ އަންހެން ބޭފުޅެއްގެ ފޮޓޯއެއް ޝެއަރކޮށް ގއ މާމެންދޫ ކައުންސިލްގެ ރައީސް، “އާސިފު އުޅުއްވަނީ އިއްދައިން ކެނޑިފައި ތިބި މީހުންނާއެކު ކައުންސިލް ހިންގަން”، މިފަދައިން ބަސްމަގު ބޭނުންކުރި ކުރުމަކީ ކައުންސިލްގެ ރައީސެއްގެ ހައިޘިއްޔަތުން އެފަދަ މަގާމެއްގައި ހުރެ ބޭނުންކުރި އައިބުވެތި ބަސްމަގެއް. އަދި އެކަން ދާންދޫ ކައުންސިލުން ނުހަނު ބޮޑަށް ކުށްވެރިކުރަން – ދާންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމަކީ އެފަދަ މަގާމެއްގައި ހުރިމީހަކު އަމުދުން ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، އަންހެން ބޭފުޅުންނަށް ނިސްބަތްކޮށް އެބޭފުޅުންގެ ކަރާމާތަށް ހުތުރުބަސްތައް މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒު ބޭނުންކުރި މިމައްސަލަ ކަމާއިބެހޭ އިދާރާތަކުން ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ގޮވާލާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުކޮށް ހުއްޓާލުމަށް މާމެންދޫ ކައުންސިލްގެ ރައީސަށް އަންގަވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!