ގއ މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް އަންހެނަކަށް ފުރައްސާރަ ކުރިކަމެއް ބުނެ އިތުރު މައްސަލައެއްވެސް ފެންމަތިވެއްޖެއެވެ.
މާމެންދޫ ކައުންސިލްގެ އަންހެން މެމްބަރެެއް ކަމަށްވާ ނާޝިދާ ހަނީފް، އޭނާގެ ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއް މާމެންދޫ ކައުންސިލްގެ ރަސްމީ ވައިބަރ ގްރޫޕަކަށް ހިއްސާކޮށް ނާޝިދާއަށް ބޭއަދަބީ ބަސްތަކެއް ބޭނުންކޮށްފައެވެ.
“އުމުރުން ދުވަސްވެފައި ތިބޭ އަންހެނުންނާއި ޅަދޮޅު ފިރިހެނަކަށް ކައިވެނި ކުރެވިއްޖެ ނަމަ އެއަންހެން މީހާ ޒުވާނަކަށް ވާނެތޯ؟ އެއަންހެން މީހާގެ ޕްރެޝަރު އަރާނީ މައްޗަށް، އުފައްދާނީ ފަސާދަ” މާމެންދޫ ކައުންސިލްގެ ރައީސް ވައިބަރ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.
މާމެންދޫ ކައުންސިލްގެ ރައީސް އެގޮތަށް ބުނެފައިވަނީ، މާމެންދޫ ފުޓްސަލް ޓީމަށް އެރަށު ކައުންސިލް މެމްބަރުންގެ އަޤްލަބިއްޔަތު ލިބި ފާސްކޮށްފައިވާ ގޮތަށް ފައިސާ ދޭން ނިންމާފައިވާ ކަމަށާއި، އެކަމަށް ކައުންސިލްގެ ރައީސް ހުރަސް އަޅާފައިވާ ކަމަށް ބުނެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުންނެވެ.
ެއަދި އޭނާއަށް ފުރައްސާރަކުރި މައްސަލަ ޖެންޑާ މިނިސްޓްރީއަށާއި ކަމާއި ގުޅުން ހުރި މުވައްސަސާތަަކަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށްވެސް ނާޝިދާ ވަނީ ބުނެފައެވެ.
ކައުންސިލް މެމްބަރު ނާޝިދާ ވަނީ، ކައުންސިލުން ހިންގާ އެބާވަތުގެ ކޮންމެ ކަމެއްގައި މައުޟޫއިން ބޭރުވެ، ކައުންސިލްގެ ޖަލްސާތެރޭގައި އާއި ވައިބަރ ގްރޫޕްގައި ޒާތީ ގޮތުން އެކި މެމްބަރުންނަށް ފުރައްސާރަކުރުމަކީ މާމެންދޫ ކައުންސިލްގެ ރައީސް ކުރަމުން އަންނަ ކަމެއް ކަމަށް ބުނެފައެވެ.
މާމެންދޫ ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް އަންހެނުންނަށް ފުރައްސާރަ ކުރާ ކަމަށްބުނެ ގއ ދާންދޫ ކައުންސިލުންވެސް މިއަދު ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށް އަދި އެފަދަ އަމަލުތައް ހުއްޓާލުމަށް މާމެންދޫ ކައުންސިލްގެ ރައީސަށް އަންގަވާފައެވެ. އޭގެ އިތުރުންވެސް މާމެންދޫގެ ބައެއް އަންހެނުންނާއި، ފިރިހެނުންނަށްވެސް އަޒީޒްގެ ފުރައްސާރައާއި ކުރިމަތިވަމުންދާ ކަމަށްވެސް އެރަށުގެ ބައެއް ފަރާތްތަކުން ބުނެއެވެ.
މާމެންދޫ ކައުންސިލްގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ބަލަން ހުށަހަޅައިފި
މީގެ ކުރިންވެސް މާމެންދޫ ކައުންސިލް ރައީސްގެ މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އެކައުންސިލްގެ އޭރުގެ ނައިބު ރައީސް މިސްބާހު މުޖުތަބާއާއި، ކައުންސިލް ރައީސްއާއި ދެމެދު ޖެހުނު މިފަދަ މައްސަލައަކާއި ގުޅިގެން މިސްބާހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.
މާމެންދޫގެ ހަލާކު ެަެަ
ރީތި ގޮތަކަށް ނިމިގެންދާނެ. ހިތުން ތިމާވަރެއް ނެތް
ކުޑަ ކުއްޖަކާއި އެކު ވަޒީފާމާހައުލުގައި ކެތް ނުކުރެވުނު މީހެއްތީ ، ޝޭޙް އިމްރާން ގާގަ ޖެހުނީމަ ހީވަނީ ލައްކަ އެކޭ
އަތަކަށް އަތެއް
އެހެންނުން ވާނީ މީނަގެ ފަހަތުގަ ކައުންސިލް ގެ މިހާރުގެ ނައިބު އަދި އޭނަ ގެ އެންމެ ގާތް އެކުވެރިޔާ އާ ދެ މީހުން ތިބެގެން ވިއްޔާ ހުރިހާ ނުބަޔެއް ހަދަނީ. މަށައް އިގޭތީ ވ ކެރިހުރެ މި ބުނަނީ.