ޚަބަރު
އެންޒީން ވިއްކާ މުގުރި މަހުގައި ދިރޭ ސޫފި އުޅޭ މައްސަލައެއް

އެންސިސް ކުންފުނިން ވިއްކާ އެންޒީ ބްރޭންޑްގެ މުގުރި މަސް ޕެކެޓެއްގައި ދިރޭ ސޫފި ހުއްޓާ ފެނިއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެންޒީގެ ބްރޭންޑުތައް ވިއްކަމުންދާ ފިހާރައެއްގައި ހުރި މުގުރިމަސް ޕެކެޓެއްގައި ދިރޭ ސޫތްޕެއް އުޅޭ މަންޒަރު ފެނެއެވެ. އެހެން ނަމަވެސް އެއީ ކޮން ކަހަލަ ދިރޭ ސޫތްޕެއް ކަން އަދި ސާފުވެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންސިސްގެ ފިހާރަތަކުގައި މިވަގުތު ހުރި މުގުރި މަސް ޕެކެޓުތައް ވަނީ ނަގާފައެވެ.

ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެންސިސް އަކީ އެކި ބްރޭންޑުތަކުގެ ނަމުގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދިވެހިންގެ ތެރޭގައި މަޤުބޫލް “ރިހާކުރު” އެކުންފުނީގެ ބްރޭންޑުގައި ބާޒާރުގައި ވިއްކަމުން ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!