ގދ ވާދޫގައި ހުރި ބޮޑު ގަހެއް ވެއްޓުމުގެ ސަބަބުން އެރަށުގެ ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ގދ ވާދޫއިން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވި މީހަކު ބުނީ، ރޭގެ ވަގުތެއްގައި އެގަސް ވެއްޓުމުގެ ސަބަބުން އެރަށު މީހުން ދިރިއުޅޭ ގެއަކާއި ކައިރީ ހުރި އެހެން އިމާރާތެއްގެ ފުރާޅަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެގޮތުން އެރަށު ދޫރެސް ނަމަކަށް ކިޔާ ގޭގެ ފުރާޅާއި، އެގޭގައި ހުރި ދެ އަނބުގަސް އަދި ފިހާރައިގެ ފުރާޅަށް ގެއްލުން ލިބިފައިވާ ކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ރޭ ގާތްގަނޑަކަށް 22:15 އެހާކަންހާ އިރު އެގަސް ވެއްޓުނު ކަމުގެ މައުލޫމާތު ލިބުނީ. ގަސްހުރީ އެތެރެއިން ވަރަށް ބޮޑަށް ހަލާކުވެފަ. އެތާ ކައިރީ ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓުނީ. ދެން ޖެހިގެން އިން އިމާރާތުގެ މައްޗަށް މިހާރު އެތަން ސާފުކޮށްފި – އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ނަމަވެސް އެގަސް ވެއްޓެން މެދުވެރިވި ސަބަބެއް އެނގިފައެއްނުވެއެވެ. އެގަހަކީ ގާތްގަނޑަކަށް 20 ވަރަކަށް އަހަރު ވެފައިވާ ގަހެއް ކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.