ޚަބަރު
ގެއްލުމުގެ ބަދަލު ހޯދުމަށް އެމްއެމްއޭގެ މައްޗަށް އަލްހާން ދައުވާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ކުންފުންޏަކީ ފްރޯޑެއް ކަމަށް ބުނެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމާއި ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްއެމްއޭގެ މައްޗަށް ދައުވާ ކުރުމަށް އަލްހާން ނިންމައިފިއެވެ.

އަލްހާންގެ ކުންފުނި ކަމަށްވާ ކިންގްސް ފޯރެކްސް ޓްރޭޑިން ކުންފުންޏަށް އަމާޒުކޮށް އެމްއެމްއޭ އިން ނެރުނު ބަޔާނާއި ގުޅިގެން ބެންކުން ވަނީ ކުންފުނީގެ އެކައުންޓް ފްރީޒްކޮށްފައެވެ.

ކިންގްސް ލައުންޖުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްއޭއިން އޭނާގެ ކުންފުންޏާއި މެދު ކުރާ ތުހުމަތުތަކަށް އަލްހާން ވަނީ އިންކާރު ކުރައްވާފައެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެމްއެމްއޭ ގޮވައިގެން ދައުވާ ކުރާނެ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރި ވަނީ ކުރީގެ ދެ ފަނޑިޔާރުން ކަމުގައިވާ މުޙައްމަދު ޙަލީމާއި، އަޙްމަދު ހައިލަމެވެ. ހަލީމް ވިދާޅުވި ގޮތުގައި ފޯރެކްސް ޓްރޭޑިންގ ކުރުމަކީ ރާއްޖޭގައި މަނާ ކަމެއް ނޫނެވެ. އެހެންކަމުން އެއީ ޤާނޫނީ ގޮތުން ހުއްދަ ނޫން ކަމަކަށް ނުބެލެވޭނެއެވެ. އަދި އެކަމަށް އެމްއެމްއޭގެ ހުއްދަ ނަގާކަށް ނުޖެހޭނެ ކަމަށް ހަލީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހައިލަމް ވިދާޅުވީ އަލްހާންގެ ކުންފުނި ސީއެމްޑީއޭގައި ރަޖިސްޓްރީ ކުރަން ނުޖެހޭ ކަމަށާއި މިމަސައްކަތަކީ ކުންފުނީގެ ޝެއާއެއް ބަޔަކަށް ވިއްކައިގެން، ނޫނީ ސެކިއުރިޓީސް ނަމަވެސް ވިއްކައިގެން ފަންޑެއް ރައިޒް ކުރާ ގޮތަށް ކުރާ ކަމެއް ނޫން ކަމަށެވެ.

އަލްހާން ވިދާޅުވާ ގޮތުގައި ކުންފުންޏަށް އިންވެސްޓުކުރާ ފަރާތްތަކަށް ފައިދާގެ ގޮތުގައި ދެނީ ސީދާ އެ ފައިސާ އިންވެސްޓުކޮށްގެން ލިބޭ އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!