ޚަބަރު
އިންތިގެ ވައުދުނާމާ ހާމަކުރުން މާދަމާ ތިނަދޫގައި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ ކޮށްދެއްވާނެ ކަންކަން ހިމެނޭ ވައުދުނާމާ އިއުލާނު ކުރެއްވުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާ ތިނަދޫގައި ބާއްވަން ހަމަޖައްސައިފިއެވެ.

އިމްތިޔާޒްގެ ކެމްޕެއިން ޓީމުން މާދަމާ ހުވަދުއަތޮޅަށް ކުރައްވަން ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ގޮސް ކެމްޕެއިން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ އަޅުގަނޑުމެން މިފުރަނީ ހުވަދޫއަށް، 20 މާރިޗުވާ އާދީއްތައާއި ހަމައަށް އުޅޭނީ ގއ. އަދި ގދ. އަތޮޅުގައި. އަޅުގަނޑުގެ ޗެއަރޕަރސަން ކަމުގައި ކުރާން ހުށަހަޅާ ކަންކަންވެސް މިދަތުރުގައި، ގދ ތިނަދޫގައި އިރާދަކުރެއްވިއްޔާ އިޢުލާންކުރާނަން – އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އިމްތިޔާޒް ފަހުމީގެ އިތުރުން އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ މަގާމަށް ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ. އެގޮތުން މިއިންތިޚާބުގައި ފައްޔާޒް އަށް ރައީސް ސޯލިހުގެ ތާއީދު އޮތް އިރު، ރައީސް ނަޝީދު ތާއީދު ކުރައްވަނީ އިމްތިޔާޒް ފަހުމީ އަށެވެ. މިއިންތިޚާބަކީ މިހާތަނަށް އެމްޑީޕީއިން ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން އެންމެ ވާދަވެރި އިންތިޚާބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!