ވިޔަފާރި
“އެސްޓީއޯ ޕީޕަލްސް ޗޮއިސް” އާބަދަލުތަކާއެކު ހުޅުވައިފި

ރަމަޟާންމަހާ ދިމާކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ބޮޑުކުރުމަށް ފަހު ރޭ ހުޅުވާލީ ބޮޑު ބަދަލަކާއެކުގައެވެ. އެގޮތުން އެސްޓީއޯގެ ފިހާރައިން އެހެން ވިޔަފާރިވެރިންނަށް ފުރުސަތު ދީފައިވާއިރު މިއީ ޢާއްމުނަށް ލިބޭ އިތުރު ލުޔެއްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

“އެސްޓީއޯ ޕީޕަލްސް ޗޮއިސް” އަލުން ހުޅުވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ އެހެން ވިޔަފާރިތައް ފުޅާކުރުމަށް މަގުފާހިވާނެހެން އެސްޓީއޯއިން ހުޅުވާލި ފުރުސަތަކީ އެކުންފުނިން އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އެއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ހުޅުވާލި ފުރުސަތެއްގެ ގޮތުގައި ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އިޤްތިޞާދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން ތެދުވަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީށްގެ ވާހަކަފުޅުގައިވަނީ ވޭތުވެދިޔަ ދެއަހަރު ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޤައުމަށް ބޭނުންވި ޒަރޫރީ އެކި މުދާ ހުސްނުވެ ހުންނާނެހެން ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ.

“ތަކެތީގެ އަގު ނުއުފުލޭނެހެން އެސްޓީއޯއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރެވޭ. އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް ތަކެތީގެ އަގުތައް ނުއުފުލޭނެހެން އިންތިޒާމްތައް ހަމަޖެއްސުން. އަދި އެސްޓީއޯއިން ކުރާ މަސައްކަތަކީ ވިޔަފާރީގެ ބަދަލުގައި ޚިދުމަތެއްގެ ގޮތުގައި ކުރިއަށްގެންގޮސްދިނުން.” – ނައިބުރައީސް ފައިސަލް

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯ އުފައްދައިގެން މިވޭތުވެދިޔަ ދިގު މަޒީގައި ގިނަ ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާކަމަށެވެ. އަދި އައު ބަދަލުތަކާއެކު އެސްޓީއޯ ހުޅުވިގެންދިޔައިރު މިއީ މުޅި ކުންފުންޏަށްވެސް ލިބިގެންދިޔަ އިންގިލާބީ ބަދަލެއްކަމަށް އަމްރު ވިދާޅުވިއެވެ.

“ސަރުކާރުގެ ސިޔާސަތެއް ކުދި ވިޔަފާރިތަކަށް މަގުފަހިކޮށް ދިނުމަކީ. އެއީ އެސްޓީޢޯގެ އަމާޒު. ސުޕަމާކެޓް އަލަށް ހުޅުވިގެންދާއިރު 9 ވިޔަފާރިއަކުން އެސްޓީއޯއާއިވަނީ ގުޅިފައި. އަދި މިހާރުވެސް އިތުރު ފިހާރަތަކުން އަންނަނީ އެސްޓީއޯއާއި ގުޅިގެން ކުރިއަށްދިޔުމަށް އެދި ގުޅަމުން.” – އަމްރު

އެސްޓީއޯގެ ތެރޭގައި ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަޑިހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫއިން ލިބޭ އެކި މުދަލާއި ޚިދުމަތް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. ރައްޔިތުންނަށް ބޭނުންވާ އެކި މުދަލާއެކު އެސްޓީއޯ ސުޕަމާކެޓް ހުޅުވާފައިވަނީ 1992ވަނަ އަހަރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!