ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީ (އިންތި) ކެމްޕޭން ދަތުރެއްގައި ހުވަދުއަތޮޅަށް ވަޑައިގެންފި އެވެ.
އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު މީގެ ކުރިން ބާއްވަން ހަމަޖެހިަފއިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ރޯދަ މަހާ ދިމާވާތީ މިހާރު ވަނީ މެއި 14 އަށް ފަސްކޮށްފަ އެވެ.
މިއަދު ހެނދުނު ފެއްޓެވި ކެމްޕޭން ދަތުރުގައި އިންތި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ނަޑެއްލާ އަށެވެ. އޭނާގެ މިދަތުރުގައި ގއ. އަދި ގދ.އަތޮޅުގެ ރަށްތަކަށް ވެސް ދަތުރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިންތިގެ ކެމްޕޭންގެ މިދަތުތުގައި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އިންތިގެ ކެމްޕޭން ޓީމް މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފައިވާއިރު، މި ކެމްޕޭން ދަތުރުގައި މިހާތަނަށް ވަނީ ކ،އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކަށްވެސް ވަޑައިގެންފައެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލެވެ.