ތިނަދޫ ކައުނަސިލްގެ ފަރާތުން ކުރިއަށް ގެންދާ ކަސީދާ ޕްރޮގްރާމް ދަށުން ހިންގި އިމާމުންގެ ތަމްރީންގައި ބައިވެރި 19 ފަރާތަކަށް ރޭ ސަނަދު ދީފިއެވެ.
ގދ.ތިނަދޫ އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ކަސީދާ ޕްރޮގްރާމްގެ ފުރަތަމަ ތަމްރީނުގެ ބައިވެރިންގެ އިތުރުން ޤުރްއާނާބެހޭ މަރުކަޒުން ހިންގި ޤިރާތު 3 ކޯހެއްގެ ބައިވެރިންނަށް ވެސް ވަނީ ސަނަދު ދީފައެވެ.

ޤުރްއާނާބެހޭ މަރުކަޒުން ހިންގި ޤިރާާއަތު ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން – ފޮޓޯ: ތިނަދޫ ކައުންސިލް
މީގެއިތުރުން ތިނަދޫ ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުގައި ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމް ހަވާލުކުރެވުުނު އިރު ޒައިނަބް ބިން ނަސްރުﷲ އަށް ވަނީ އިނާމާއި ސެޓްފިކެޓް ހަވާލުނުކުރެވިއެވެ. އެހެންކަމުން މިރަސްމިއްޔާތުގައި ޒައިނަބުއަށް ވަނީ އިނާމާއި ސެޓްފިކެޓް އަދި ޓްރޮފީ ހަވާލުކޮށްފައެވެ.

ކައުންސިލުން ބޭއްވި ޤުރުއާން މުބާރާތުގައި ވަނަހޮވާފައިވާ ޒައިނަބުއަށް ސެޓްފިކެޓާއި އިނާމް ހަވާލުކުރުން – ފޮޓޯ: ތިނަދޫ ކައުންސިލް
މިރަސްމިއްޔާތުގައި ތިނަދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުންގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ފެބްރުއަރީ 27 އިން ފެށިގެން ދެހަފްތާގެ މުއްދަތަކަށް ހިންގި ކަސީދާ ޕްރޮގްރާމަކީ ތިނަދޫ ކައުންސިލުން އިސްނަގައިގެން ތިނަދޫގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމަށްޓަކައި ވަގުތީ މުދިމުން ތަމްރީނުކުރުމަށްޓަކައި ހިންގުނު ތަމްރީނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގައި ބައިވެރިވެ ސެޓްފިކެޓާއި ޓްރޮފީ ހާސިލްކޮށްފައިވަނީ އުމުރުން 14 އަހަރާއި 19 އަހަރާއި ދެމެދުގެ މީހުންނަށެވެ.