މަޢުލޫމާތު
އެންމެ ލޯބިވާ މީހުންނަށް ހިތާމަ އަދި ހިތްދަތިކަން އަހަރަމެންނަށް ކުރިމަތި ކުރެވެނީ ކީއްވެ؟

ލޯތްބަކީ ހިތާމަޔާއި ހިތްދަތިކަން އެކުލެވިފައިވާ އެއްޗެއްގެ ގޮތުގައި ބައެއް ލޯބިވެރިން ދެކެއެވެ. އަދި ހަމަ މިބީދައިން ލޯތްބަކީ، ދެމީހެއްގެ އިޙްސާސްތައް ގުޅުވައިދޭ އަދި ގުޅުން ބަދަހިކޮށްދޭ އެއްޗެކެވެ. ކޮންމެ މީހަކީ ލޯތްބަށް ބޭނުންވާ މީހެކެވެ. ނަމަވެސް ކޮންމެ މީހަކަށް ލޯބި ހަޤީޤަތުގައިވެސް ދަމަހައްޓާލެވޭ ބާއެވެ؟ އަދި ހިތާމަޔާއި ހިތްދަތިކަމާއި ނުލައި ލޯބި ވުޖޫދުވޭބާއެވެ؟

އަހަރަމެން ލޯބިވާ މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ ހިތްނުތަނަވަސްކަމެއް އިޙްސާސްކުރެވިއްޖެނަމަ، އަހަރަމެން އަބަދުވެސް ބަލަނީ، އެމީހުންނަށް ހިތްހަމަޖެހުން ހޯދައިދީ، އެމީހުންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ފޯރުކޮށްދީ، އަލުން ހުރިހާ ކަމެއް ރަނގަޅުކުރެވޭތޯ ބެލުމަށެވެ. ނަމަވެސް، ލޯބިވާ މީހުންނަށް ހިތާމަ އަދި ހިތްދަތިކަން ކުރިމަތި ވެފައިވަނީ އަހަރެންގެ ސަބަބުންކަމަށް ވާނަމަ ކުރާނީ ކީއްހެއްޔެވެ؟

ހިތާމަ އަދި ހިތްދަތިކަން އަހަރަމެންނަށް އެންމެ ގިނައިން ކުރިމަތިވަނީ، ލޯބިވެރިން، އާއިލާ މެމްބަރުން އަދި ގާތް އެކުވެރިންގެ ފަރާތުންނެވެ. އަދި ބައެއްފަހަރު އަހަރަމެންނަށްވެސް އެފަރާތްތަކަށް ހިތާމަޔާއި ހިތްދަތިކަން ގެނެސްދެވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އަހަރަމެންނާއި ގާތް ގުޅުން އޮންނަ، ރަނގަޅަށް ދަންނަ ލޯބިވާ ފާރަތްތަކާއި، މުޢާމަލާތްކުރާއިރު، ވަރަށް ގިނަފަހަރު އަހަރަމެންނަށް ރުޅި އިސްކުރެވެއެވެ.

ސީދާ ގޮތެއްގައި ރުޅިވެރިކަން އަހަރަމެންނަށް އެންމެ ބޮޑަށް ފޯރުވެވެނީ އެއްބަނޑު އެއްބަފާ މީހުންނަށެވެ. ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ގާތް ރަހުމަތްތެރިން އެންމެ ބޮޑަށް އަމާޒުކުރެވެނީ ނުސީދާ ކޮށެވެ. ނުސީދާ ގޮތެއްގައި މިސާލަކަށް ވާހަކަތައް ފެތުރުން، އަންނަ ރުޅީގައި އެއްޗެއް ހަލާކުކުރުން، އެމީހަކާއި ގުޅުވައިގެން ގޯސް ވާހަކަ ދެއްކުން ފަދަ ކަންކަމުންނެވެ.

އެއީ ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް، ހަގީގަތަކީ އަޅުގަނޑުމެން އެންމެން ވެސް އެންމެ ލޯބިވާ މީހުންނަށް ހިތާމަ އަދި ހިތްދަތިކަން ގަސްދުގައި ނުވަތަ ގަސްދުގައި ނޫން ގޮތަކަށް ވިޔަސް ފޯރުކޮށް ދެވެއެވެ. މިކަން މިހެން ދިމާވާ ބައެއް ސަބަބުތަކަށް މިލިޔުމުގައި ބަލާލެވިފައި ވާނެއެވެ.

އަމިއްލަ ނަފުސަށް އަނިޔާކުރުމަށް އެހެން މީހުން ދެރަކޮށްލެވޭ

ގާތްމީހަކު ދެރަކޮށްލައި، ހިތްދަތިކަން ގެނެސްދޭ ކަމެއް އަހަރަމެންނަށް ކުރެވިއްޖެ ނަމަ، އެކަން ވެގެންދަނީ އަމިއްލަ ނަފުސަށް ދެވޭ އަނިޔާއަކަށެވެ. ސަބަބަކީ، ލޯބިވާ މީހަކަށް އަހަރަމެންގެ ސަބަބުން ހިތާމައެއް، ހިތް ނުތަނަވަސްކަމެއް ދެވިއްޖެނަމަ، އަމިއްލަ ނަފުސު ކުއްވެރި ކުރެވި އެކަމާއި ހިތާމަ ކުރެވެއެވެ. މިއީ އަހަރަމެން ލަދުގަނެ ދެރަވާ ކަމަކަށް ވުމުން، މިހިތްދަތިކަން ޒަމާންތަކަކަށް ތަޙައްމަލު ކުރަން ޖެހެއެވެ، މިއީ އަމިއްލަ ނަފުސަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ.

ރައްކާތެރިވުމަށް ނުވަތަ ކޮންޓްރޯލް ނެގުމަށް

ޚާއްޞަކޮށް ތަފާތު ގުޅުންތަކުގައި، އެންމެ ފުރަތަމަ އަހަރަމެންނަށް ހިތްދަތިކަމެއް ކުރިމަތިކުރުމުގެ ކުރިން، އަނެކާއަށް ހިތްދަތިކަމެއް ނުވަތަ ދެރަކޮށް، ދެރަވުމުން އެވާ އިހުސާސް ގެނުވައި އަނެކާގެ މައްޗަށް ކޮންޓްރޯލް ނެގުމަށްވެސް، އަނެކާ ގަސްދުގައި ދެރަކުރުވައެވެ. މިއީ އަނެކާގެ ފަރާތުން ހިތްނުތަނަވަސްކަމެއް ކުރިމަތިވުމުގެ ކުރިން އެކަމުން، އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ގޮތުން ކުރާ ކަމެކެވެ.

އިތުބާރާއި ރައްކާތެރިކަން ނެތިދާނެ ކަމަށް ބިރުހީވުން

ދެ ބައިވެރިންގެ މެދުގައި އޮންނަ ގާތްކަމާއި ލޯތްބާއި އިތުބާރު އިތުރުވާ ވަރަކަށް، އަމިއްލަ ނަފްސަށް އިހްސާސްކުރެވޭ މިނިވަންކަން އިތުރުވެ، ތިބާގެ ބަސްތަކާއި އަމަލުތައް ބައިވެރިޔާއަށް ސިއްރުކޮށް ވަންހަނާ ކުރަން ނުޖެހޭނެއެވެ.

ބަދަލުގައި، ބައިވެރިޔާއާއި އެއްވެސް ފޮރުވުމެއްނެތި، ވާހަކަ ދައްކަން ބޭނުންވެ، ހަޤީޤަތް ބައިވެރިޔާއަށް ހާމަކުރަން ތިބާ ބޭނުންވާނެއެވެ.

އިތުބާރު ކުރެވޭ ގާތް މީހުންނާއި އެކު އުޅޭ ވަގުތު އަހަރަމެންނަށް ރައްކާތެރިކަމުގެ އިޙްސާސް ކުރެވޭތީ، ހިތަށް އަރާ ކޮންމެ އެއްޗެއް ފޮރުވުމެއް ނެތި ބުނެލަން ކެރެއެވެ. ނަތީއްޖާއަކަށް ވެގެންދަނީ، ވިސްނާނުލައި ބުނެވޭ ބައެއް ބަސްތަކުން ގާތް ލޯބިވާ މީހުންނަށް، ހިތާމަ އަދި ހިތްނުތަނަވަސްކަން އަހަރަމެންނަށް ދެވެއެވެ.

މިނިވަންކަމަށް ބާރުއެޅުން

ގާތްކަމަކީ ބައެއްހާލަތުގައި ބިރުވެރި ކަމެކެވެ. އޭގެ މާނައަކީ އެހެން އިންސާނަކާ ވަރަށް ގާތް ގުޅުމެއް އުފެދި، އެމީހަކާއި، ހުރިހާ ގޮތަކުން ގުޅުމެވެ.

ތިބާގެ ދެމެދުގައި ވާ އިމޯޝަނަލް ދުރުމިން ތިބާ ރުހޭ ވަރަށްވުރެ ތަންކޮޅެއް ގާތްކަމަށް ފެންނަހިނދު، ނުރުހުމުގައި އަނެކާއަށް އުނދަގޫކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އަމިއްލަ ޖާގައާއި މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، މާބޮޑަށް ވިސްނާނުލެވި، އަނެކާ ދުރަށް ޖައްސާލެވެއެވެ.

ބައެއް ހާލަތުގައި، ގާތް މީހަކު، ދުރުކޮށްލުމުން، އަނެއް ފަރާތަށް، ފުން ހިތާމަ އަދި ހިތްދަތިކަން އިހްސާސް ކުރެވެއެވެ. އަމިއްލަޔަށް މިނިވަންކަމާއި އެކު ކަންކަން ކޮށް، އަނެކާއަށް ބަރޯސާ ވުން ކުޑަކުރުވަން އެދޭނަމަ، ދުރުކޮށްލުމުގެ ބަދަލުގައި، އެކަކު އަނެކަކަށް ވާހަކަ ދައްކައިގެން، އެކަމަށް ހައްލެއް ހޯދުން ބުއްދިވެރިއެވެ.

ނަމޫނާ މީހެއްގެ ގޮތުގައި ދެކުމުގެ އިތުރުން ވަރަށް މަތީ ދަރަޖައިގެ އުއްމީދު ގެންގުޅުން

މިސަބަބު ނިސްބަތްވަނީ، ހިތާމަ އަދި ހިތްދަތިކަން ކުރިމަތިވާ ފަރާތަށެވެ. މިއީ މީހަކާއި ދޭތެރޭ ދެކެމުން އައި ގޮތް ރަނގަޅު ނޫންކަން އެނގޭ ހިސާބުން އަމިއްލަޔަށް އަމިއްލަ ނަފުސަށް ލިބިގެންދާ ނުތަނަވަސް ކަމެކެވެ. ނަމަވެސް މިއީ ސިކުނޑީގައި ބަހައްޓަން މުހިންމު ސަބަބެކެވެ.

ބައިވެރިޔާއަށް ހިތާމާ އަދި ހިތްދަތިކަން ކުރިމަތިވާން އަމިއްލަޔަށް ބޭނުން ނުވި ނަމަވެސް، ކޮންމެވެސް ގޮތަކަށް ބައިވެރިޔާއަށް ނުތަނަވަސްކަން ދެވެއެވެ. ނަފްސާނީގޮތުން، މީހަކާއި، އަހަރަމެން ގާތްވާ މިންވަރަކަށް، އަހަރަމެންގެ ސިކުނޑި އެމީހަކަށް ދޭ ސަމާލުކަން އިތުރުވެއެވެ. ނަތީޖާއަކަށްވަނީ، އެމީހަކާއި މެދު ތަފާތު ގިނަ އުއްމީދުތައް ކުރެވި، އަހަރަމެންނަށް މުހިންމު މީހަކަށް އެމީހަކު ވެގެން ދެއެވެ. މިފަދަ ޚާއްސަކަމެއް އަނެކާއަށް ދެވެން ފެށުމުން، އެއީ ނަމޫނާ މީހެއްގެ ގޮތުގައި އަހަރަމެންނަށް ބެލެން ފަށައެވެ. އަދި އަހަރަމެން އުންމީދުކުރާ ގޮތާ ޚިލާފު އެއްވެސްކަމެއް އެމީހެއްގެ ކިބައިން ފެންނަ ހިސާބުން، ހިތް ނުތަނަވަސްވެ، ހިތްދަތިކަން އިޙްސާސް ކުރެވެއެވެ.

ތިބާ އަކީ ހިތާމަ އަދި ހިތް ނުތަނަވަސްކަން ލިބޭ ފަރާތްކަމުގައި ވާނަމަ، ހަނދާން ބެހެއްޓުން މުހިންމު އެއްކަމަކީ، މީހަކާއި ދޭތެރޭ ދެކެމުން އައިގޮތް ބަދަލުވުމަކީ، އެއީ ދުންޔަވީ ކަމެއް ކަމެވެ. ހުރިހާ ކަމެއް ނުވަތަ، މީހުންގެ އުޅުމާއި ގުޅުން ތާ އަބަދު ބައްޓަންވެގެން ދަނީ، އަހަރަމެން ދެކޭގޮތް ނުވަތަ ބޭނުންވާ ގޮތަކަށް ނޫންކަމެވެ. މިފަދަ ކަންކަން ހިތުގައި ނުބާއްވައި، ކަންކަން ރަނގަޅުވުމަށް އުއްމީދު ކުރާށެވެ.

މާގިނަ ވަގުތު އެކުގައި ހޭދަކުރުން، ވަކިވުމަށް ފުރުޞަތު އޮތުން

މި ފަހު ސަބަބު ތަންކޮޅެއް ޖޯކު ގޮތަކަށް ފެނުނު ނަމަވެސް، މިއީ ތެދެކެވެ. އަހަރަމެންނަށް އެންމެ ގިނައިން ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރެވެނީ އަހަރަމެން އެންމެ ލޯބިވާ، އެންމެ ގާތް މީހުންނަށެވެ. ސަބަބަކީ، އެމީހުންނަކީ، އެންމެ ގިނަވަގުތު އަހަރަމެންނާއި އެކުގައި ހޭދަކުރެވޭ މީހުން ކަމުގައި ވުމެވެ.

އަހަރަމެންގެ އިޙްސާސްތަކާއި، ޚިޔާލުތަކާއި، ޢަމަލުތައް ހުންނަނީ އަބަދުވެސް ގުޅިލާމެހިފައިވާ ގޮތަކަށެވެ. އަހަރަމެންގެ މޫޑް، އަދި އިމޯޝަނަލް ސްޓޭޓާ އެއްގޮތްވާ ގޮތަށް ލޯބިން، ނުވަތަ ރުޅިވެރިކަމާއެކު ބަސްތަށް ބޭރުކުރެވި، އަމަލު ކުރެވެއެވެ.

ގާތްމީހުން ނުވަތަ ލޯބިވާ މީހުންނަކީ، ގިނަވަގުތު އަހަރަމެންނާއި އެކުގައި ވާމީހުންނަށް ވުމުގެ ސަބަބުން، ހުރިހާ ރުޅިވެރިކަމެއް ނުވަތަ ނުތަނަވަސްކަމެއް އެމީހުންނަސް ބަންޑުން ކޮށްލެވެއެވެ. ނަތީއްޖާއަކަށް ވަނީ، ލޯބިވާ މީހުން ހިތުގައި ޖެހި، ގަސްދުގައި ނޫނަސް، އެމީހުންނަށް ނުތަނަވަސްކަމާއި، ހިތްދަތިކަން އަހަރަމެންނަށް ކުރިމަތި ކުރުވެގެން ދިޔުމެވެ.

ގާތް މީހުންނާއި، ލޯބިވާ މީހުންނަށް ނުތަނަވަސްކަމާއި، ހިތްދަތިކަން، އަހަރަމެން ކޮންމެ އިންސާނަކަށްވެސް ނޭނގި ނަމަވެސް ކުރިމަތި ކުރުވެއެވެ. މިއީ ގިނަފަހަރަށް އަހަރަމެންގެ ކޮންޓްރޯލުން ބޭރުގައިވާ ބާރު ނުފޯރުވޭ ކަމެއްވެސް މެއެވެ.

އެންމެ ލޯބިވާ މީހާ އަށް ގެއްލުން ލިބިދާނެ ގޮތްތަކާ މެދު އިތުރަށް ވިސްނާ، ހޭލުންތެރިވެ، ތިބާގެ އުޅުމާއި، އަޚުލާގުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަނެވިއްޖެ ނަމަ، އެ ސަބަބުތަކުން ތިބާގެ ގުޅުމަށް ނުހަނު ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ އެވެ. ހޭލުންތެރިކަމަކީ ހެޔޮ ބަދަލަށް އެޅޭ ފުރަތަމަ އަދި ކޮންމެހެން ބޭނުންތެރި ފިޔަވަޅެވެ.

ރަނގަޅު ގޮތުގައި، ވަރަށް ބޮޑު ފޯކަސްއެއް ދީގެން، އަމިއްލަ ނަފްސަށް މިފަދަ ކަންކަން ވިސްނުވައިދެވިއްޖެ ނަމަ، ގަސްދުގައި އަދި ގަސްދުގައި ނޫންގޮތަކަށް ތިބާގެ ދިރިއުޅުމާއި ހިތާއި އެންމެ ގާތުގައި ވާ މީހުންނަށް ތިބާގެ ފަރާތުން ލިބިދާނެ ނުތަނަވަސްކަމަކާއި، ހިތްދަތިކަން ކުޑަކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!