ޚަބަރު
ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި

ގއ.ކޮނޑޭ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިބްރާހިމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ގއ.ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމުމަށްފަހު، އެމައްސަލާގައި ދަޢުވާލިބޭފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްކަމަށް ވާތީ ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ މުހައްމަދު އިބްރާހިމް ކަމަށެވެ.

އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާ މައްސަލައެއް ހިންގުމަށްޓަކައި، އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަން ސާބިތުވެފައިވާތީ، އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމްގެ މި ޢަމަލުތަކަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގާއި ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ. އަދި އަމުރުތަކުގައި ސޮއިކުރުމަށް އެ މައްސަލައާ ޙަވާލުވެހުރި މެޖިސްޓްރޭޓް އިސްމެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ކައިރީ އެދިފައި ނުވާނެކަމަށް ބުނެފައިވާކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން މިއަދު ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް 2022 މާރިޗު 17 ވަނަ ދުވަހުން ފެށިގެން، 1 މަސްދުވަހުގެ މުއްދަތަށް ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުޙައްމަދު އިބްރާހީމް ސަސްޕެންޑްކޮށްފައިވާ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!