މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓޫޒިޒަމްގެ މަޤާމަށް ރައީސުލްޖުހޫރިއްޔާ މިއަދު ބޭފުޅަކު އައްޔަންކޮށްފިއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމްގެ މަގާމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އައްޔަންކޮށްފައިވަނީ އދ.މާމިގިލި، ރަންގިރިޓީގެ އިބްރާހީމް ރަޝީދު އަބޫބަކުރެވެ.
އިބްރާހީމް ރަޝީދު އަބޫބަކުރު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒްގެ ނައިބުގެ މަޤާމާއި މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަޤާމާ ޕްރައިވެޓް ސެކްޓަރގެ އެކިއެކި މަޤާމުތައް ފުރުއްވާފައިވެއެވެ.
އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވަރސިޓީން އެމް.ބީ.އޭ ހާސިލުކުރައްވާފައެވެ.