ސާރާ އަލީ ޚާނާއި، ފިރިހެން ކޮއްކޮ އިބްރާހިމް، މިފަހަރުގެ އީދު ހޭދަކޮށްފައިވަނީ ސާއިފު، ތައިމޫރު އަދި ބޭބީ ޖޭހް އާއި އެކުގައެވެ. ސާރާގެ އަމިއްލަ އިންސްޓްގަރަމުގައި ސާއިފު އަލީ ޚާނާއި، ކޮއްކޮ އިބްރާހިމް އަދި ސާއިފް އަލީޚާނުގެ ފުރަތަމަ ދަރިފުޅު ތައިމޫރު، އަދި ކުޑަ ދަރިފުޅު ޖޭހް އެއްކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ސާރާ އަލީ ޚާން އީދުގެ ތަހުނިޔާ، އޭނާގެ ހުރިހާ ފޭނުންނަށް އިސްޓަގްރާމް މެދުވެރިކޮށް ފުނުވާފައިވެއެވެ.
އިންސްޓަގްރަމްގައި ސާރާ ހިއްސާކޮށްފައިވާ އާއިލީ ފޮޓޯގައި، ކަރީނާ އަދި ސާއިފުގެ ކުޑަ ދަރިފުޅުގެ މޫނު އިމޯޖީ އެއް އަރުވައި މޫނު ފޮރުވާފައި ވެއެވެ. މިއުފާވެރި އާއިލީ ފޮޓޯގައި ކަރީނާ ފެނިގެން ނުދާކަން ފާހަގަކުރެވެއެވެ. ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި، އީދު މުބާރިކްގެ އިތުރުން، ﷲއެންމެންނަށް ރައްކާތެރިކަމާއި، ހަމަޖެހުން އަދި ހެޔޮވިސްނުން ދެއްވައި އެންމެންނަށް މިއައަށްވުރެ ރަގަނޅު ގޮތް މިންވަރު ކޮށްދެއްވުމަށް އެދޭކަމަށް ލިޔުއްވާފައި ވެއެވެ.
ސާރާގެ އީދު ތަހުނިޔާގެ ޕޯސްޓަށް ގިނަ ފޭނުން ކޮމެންޓްކޮށްފައިވާއިރު، މަޝްހޫރު ފެޝަން ޑިޒައިނާ މަނީޝް މަލްހޯތުރާ ކޮމެންޓްގެ ކުރުމުގެ އިތުރުން ގިނަ ރަތް ހިތުގެ އިމޮޖީތައް ޕޯސްޓަށް ކޮށްފައި ވެއެވެ.
ސާރާ އަލީޚާނަކީ ސޯޝަލް މީޑިޔާގައި ވަރަށް އެކްޓިވް ސެލިބްރިޓީއެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އިންސްޓަގްރަމްގައި އެކަނިވެސް ސާރާގެ 33.6 މިލިޔަން ފޮލޯވާސް ވެއެވެ. ސާރާގެ ފޭނުންނަށް އަމާޒުކޮށް ސާރާ އޭނާގެ އިންސްޓަގްރަމްގައި ގިނަ އަދަދެއްގެ ޕޯސްޓް ޝެއާ ކުރުމުގެ އިތުރުން ފޭނުންގެ މެދުގައި ސާރާ ސީރީސް އެއްގެ ގޮތުގައި ޕޯސްޓް ކުރަމުން އަންނަ “ސާރާ ކީ ޝާއިރީ” އަށް ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.