ރާއްޖޭގެ ފަތުރުވެރި ކަން އިސްތިހާރު ކުރުމުގެ ޕްރޮގްރާމެއް ދެކުނު ކޮރެއާގައި ފަށްޓައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖެއަކީ ހަނީމޫން ހޭދަކުރަން މަގުބޫލު އަދި ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުން ކުރިޔަށް ގެންދަނީ ގައުމުގެ އެންމެ މަގުބޫލު އެއް ޓްރެވެލް އޭޖެންސީ ޕާމް ޓުއަރސް އާއި ގުޅިގެންނެވެ.
ޕާމް ޓުއަރސް އާއި ގުޅިގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޮންލައިން ހަރަކާތްތަކުގެ ދަށުން ޕާމް ޓުއަރސްގެ ވެބްސައިޓްގެ އެންމެ ބޮޑު ބެނަރގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީ އިން މައުލޫމާތު ދެއެވެ. އަދި ހަމަ އެއާއެކު މި ބެނަރ މެދުވެރިކޮށް ދެކުނު ކޮރެއާގައި ބޭނުންކުރާ އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ލިންކް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ސައުތު ކޮރެއާ އަކީ 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އެ އަހަރު ދެކުނު ކޮރެއާއިން ރާއްޖެއަށް 36،609 ފަތުރުވެރިން އައިސްފައި ވެއެވެ.