ޓްރީ ޓޮޕް ހޮސްޕިޓަލުން އޯޕަން ޑޭ 2022 މި ހަފްތާގެ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި 30 ގައުމަކަށް ނިސްބަތްވާ ގަތްގަނޑަކަށް 700 މުވައްޒަފުން މަސައްކަތްކުރާއިރު މި އޯޕަން ޑޭގެ ތެރެއިން މީހުންނަށް ހޮސްޕިޓަލުގެ މަސަތްކަތު މާހައުލު ބަލައިލުމަށް ފުރުސަތު ލިބޭގޮތަށް އެ ހޮސްޕިޓަލުން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މި ހަރަކާތުގެ ތެރޭގައި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށް، ވަޒީފާތަކަށް ޝައުގުވެރިވާ ބޭފުޅުންނަށް ވަގުތުން ސީ.ވީ ހުށެއެޅުމުގެ ފުރުސަތު ލިބިގެންދާނެ ގޮތަށްވެސް ހަމަޖައްސާފައިވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ލެބް ޓެކްނީޝަނުން–ފޮޓޯ ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތު ދޭގޮތުގައި، މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތަފާތު ވަޒީފާތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާގެ މާހައުލާ ހޭލުންތެރިކުރުވުމެވެ.
މި ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޓްރި ޓޮޕް ހޮސްޕީޓަލުގެ އޯޕަން ޑޭ ބާއްވާ ގަޑިތަކަކީ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށެވެ. އަދި ރޭގަނޑު 8 އިން 10 އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޯޕަން ޑޭ ގައި ކްލިނިކަލް މަގާމުތަކާއި ނޮން-ކްލިނިކަލް މަގާމުތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެ ހޮސްޕިޓަލުން ބުނާ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަގްސަދަކީ އެންމެ ފުރިހަމަ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުޅަދާނާ މަސަތްކަތްތެރިން ނެރުމެވެ. 2018 ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީކަން މިފުރުސަތުގައި ފާހަގަކުރަމެވެ.