ސިޔާސީ
އިންތިގެ މެނިފެސްޓޯ: ޕާޓީގެ ދަފްތަރު ސާފުކުރުން

އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ގެންދަނީ ކެމްޕެއިން ނުހަނު ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީ ކެމްޕެއިން އަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ތިނަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންވަނީ އެމަނިކުފާނު ޗެއަރޕަރސަން އަކަށް ހޮވިއްޖެ ނަމަ ކުރުމަށް ހުށަހަޅާފައިވާ ކަންތަކުގެ މެނިފެސްޓޯ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އިމްތިޔާޒްގެ މެނިފެސްޓޯގައި ކުރުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ، އެމްޑީޕީގެ، ޕާޓީ ދަފްތަރު ސާފުކުރުމެވެ. އެގޮތުން އިލެކްޝަން ކޮމިޝަންގައި އެހެން ޕާޓީއެއްގެ ދަފްތަރުވެފައި ވާނަމަ އެމީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓު ނުލެވޭނެ ކަން ކަށަވަރުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕާޓީ ދަފްތަރު ބެލެހެއްޓުމުގެ ދެފުށް ފެންނަ، އިތުބާރު ކުރެވޭ އިންތިޒާމެއް ގާއިމުކުރުމާއި، މެމްބަރޝިޕް ޗެކްކުރުމާއި އަދި ޚަބަރާއި، އިއުލާނާއި އެހެނިހެން އެންގުންތައް ޕާޓީ މެމްބަރުންނަށް ލިބިލިބި ހުންނަގޮތަށް މޮބައިލް އެޕްލިކޭޝަން އެއް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށްވެސް އިމްތިޔާޒް ފަހުމީގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް އިމްތިޔާޒް ފަހުމީގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ. މިއިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން މިހާތަނަށް ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިޚާބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!