ސިޔާސީ
އިންތިގެ މެނިފެސްޓޯ: ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތްކުރުން

އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ގެންދަނީ ކެމްޕެއިން ނުހަނު ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީ ކެމްޕެއިން އަށް ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި، ތިނަދޫއަށް ކުރެއްވި ޒިޔާރަތުގެ  ތެރެއިންވަނީ އެމަނިކުފާނު ޗެއަރޕަރސަން އަކަށް ހޮވިއްޖެ ނަމަ ކުރުމަށް ހުށަހަޅާފައިވާ ކަންތަކުގެ މެނިފެސްޓޯ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

އިމްތިޔާޒް ފަހުމީގެ މެނިފެސްޓޯގައި ދެވަނައަށް ކުރުމަށް ހުށަހަޅާފައިވާ ކަމަކީ، ލާމަރުކަޒީ ނިޒާމާއި ޕާޓީގެ އޮނިގަނޑު އެއްގޮތް ކުރުމެވެ. އޭގެ ތެރެއިން ކުރާ މަސައްކަތުގެ ތެރޭގައި، ކޮންމެ ރަށަކާއި، ދާއިރާއެއްގައި ތިބި އިންތިޚާބީ އޮފިޝަލުން ހިމެނޭހެން އަތޮޅު/ސިޓީ މަޖިލިސްތައް އުފައްދަން ވަނީ ނިންމާފައެވެ. އަދި ޕްރޮވިންސްތައް އުވާލާ، އަތޮޅު މަޖިލިސްތަކުގެ ރައީސުން ޕާޓީގެ ޤައުމީ މަޖިލީހުގެ އޮނިގަނޑުގެ ތެރެއަށް އިތުރުކުރުމަށްވަނީ ނިންމާފައެވެ.

އެގޮތުން އެމްޑީޕީ ގައުމީ މަޖިލީހާއި އެއްހަމައަކުން އަތޮޅު/ސިޓީ މަޖިލިސްތައް ބާއްވައި، ލައިވްކުރެވި، ޔައުމިއްޔާ ލިޔެވި ބަލަހައްޓަން ފެށުމަށްވެސް ވަނީ ނިންމާފައެވެ. އަދި އަތޮޅު/ސިޓީ މަޖިލީހުގައި ބަހުސްކޮށް، ހުށަހަޅާ ކަންކަން ވިލަރެސްކޮށް، ޕާޓީގެ މައި ގުނަވަންތަކަށް ހުށަހެޅޭނެ ނިޒާމުވެސް ގާއިމުކުރެވިގެންދާނެއެވެ.

އޭގެ އިތުރުން ޕާޓީއަށް ދައުލަތުން ލިބޭ ފައިސާއިން ޕާޓީގެ އިދާރީ ހިންގުމަށް ބޭނުންވާ ފައިސާ ފިޔަވައި އެހެން ހުރިހާ ފައިސާ ދާއިރާތަކުގެ ސިޔާސީ ހަރަކާތްތަކަށް ކަނޑައަޅައި ދާއިރާތަކަށް ބަހާލުމަށް ވަނީ ނިންމާފައެވެ. އަދި ޕާޓީގެ ދާއިމީ ޖަގަހަ/އޮފީސް ޤާއިމުކުރުމަށް ބޭނުންވާ ބިން ލިބޭނެގޮތް ކައުންސިލްތައް މެދުވެރިކޮށް ފަހިކޮށްދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު، ރަށު ޖަގަހަ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ބަޖެޓު ފަހިކޮށްދިނުމަށްވެސް ވަނީ އިންތިގެ މެނިފެސްޓޯގައި ހިމަނާފައެވެ.

މިއިންތިޚާބުގައި އިމްތިޔާޒް ފަހުމީއާއި ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!