ޚަބަރު
12 ކުރުނބާ ވަގަށް އެޅި މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ފުވައްމުލަކު ގެއެއްގެ ދެރުކަކުން 12 ކުރުނބާ ވަގަށް އެޅި މީހަކު 2 މަހަށް ޖަލަށްލައި، 331 ގަޑިއިރު މުޖުތަމަޢުއަށް ޚިދުމަތްކުރަން އަންގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އެހުކުމް ކޮށްފައިވަނި ޏ. ފުވައްމުލަކު/ ދިގުވާނޑު ނޫމުތީ ގޭގައި ހުރި 2 ރުކަކުން އެރަށު ލިލީ ވިލާ އަހުމަދު އަބްދުﷲ 10 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 10:30 އެހާކަންހާއިރު 12 ކުރުނބާ ވަގަށް ނަގާފައި (އަޅާފައި) ވާތީ ކަމަށެވެ.

އެހެން ނަމަވެސް އަހުމަދުގެ ބަންދުގެ މުއްދަތު މަޖިލީހާއި އިބްތިދާއީ މަރުހަލާގައި އޭނާ އެކަމަށް އެއްބަސްވެފައިވާތީ ކޯޓުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިފައިވާތީ، އެކުށުގެ އަދަބު ލުއިކޮށްދިނުމަށް ކޯޓުން ވަނީ ބަލާފައެވެ. އެހެން ނަމަވެސް ކުށްކުރި ތާރީޚުން ފޭށިގެން 2 އަހަރު ތެރޭގައި އެެފަދަ ކުށެއް ތަކުރާރުކޮށްފައިވާތީ އެކުށުގެ އަދަބު ލުއިކޮށްދީފައި ނުވެއެވެ.

ކުރުނބާ ވަގަށް އެޅި މައްސަލައިގެ އަދަބެއްގެ ގޮތުގައި 2 މަހާއި ބާރަ ދުވަހަށް ޖަލަށް ލުމުގެ އިތުރުން 331 ގަޑިއިރު މުޖުތަމަޢުއަށް ޚިދުމަތް ކުރުމަށް އެކޯޓުން ކުރި ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އަހުމަދު 9 ދުވަހާއި 21 ގަޑިއިރާއި 18 މިނެޓު ބަންދުގައި ހޭދަކޮށްފައިވާތީ، ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭނީ 2 މަހާއި 2 ދުވަސް ކަމުގައި އެހުކުމުގައި ބަޔާންކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!