މާލޭގައި ހިންގާ ދޫނި ވިއްކާ ފިހާރައެއް ކަމަށްވާ ޕެޓް ކްލަބް އިން ދޫންޏެއް ވަގަށް ނަގައިގެން ދިޔަ ދެމީހަކު ފެންނަ ވީޑިއޯއެއް އާންމުކޮށްފިއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މިއަދު މެންދުރު 14:17 އެހާކަންހާއިރު އަންހެނަކާއި ފިރިހެނަކު ޕެޓް ކްލަބް ފިހާރައަށް ވަދެ އެތަނުގެ އެތެރޭގައި ކުޑަކޮށް ހަރަކާތްތެރިވުމަށްފަހު، އެތަނުން ކޮށްޓެއްގެ ތެރޭގައި އިން ދޫންޏެއް ނަަގައިގެން ޖީބަށް ލާ މަންޒަރުފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ވަގަށް ގެނޮގޮސްފައިވަނި 6000 ރުފިޔާގެ އަގުހުރި ދޫންޏެކެވެ.
ފިރިހެން މީހާ، އެދޫނި ވަގަށް ނަގައިގެން ޖީބަށް ލުމަށްފަހު އެދެމީހުން ވަނީ އެތަނުން ނުކުމެގެން ގޮސްފައެވެ. އޭގެ ތެރެއިން ފިރިހެން މީހާ މާސްކް އަޅައިގެން ހުރިއިރު، އަންހެން މީހާ ހުރީ މާސްކެއް ނާޅައެވެ.
ޕެޓް ކްލަބް އިން އެދެނީ މި ދެމީހުންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެމީހުންގެ މައުލޫމާތު ޕެޓް ކްލަބްއާއި ހިއްސާކުރުމަށެވެ.