ޚަބަރު
އެމްއައިބީގެ އުޖާލާ ފެސިލިޓީ މަސްވެރިންނަށްވެސް ދޭން ފެށުމުގެ ރަސްމިއްޔާތު، ގދ. ފަރެސްމާތޮޑާގައި ލޯންޗްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިޔަށް ގެންދާ ފައިނޭންސިންގ ސްކީމެއް ކަމުގައިވާ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ދިރިއުޅުމަށް ބޭނުންވާ އެކި ސާމާނު ބައްލަވައިގަތުމުގެ ފުރުސަތު ދިވެހި ރާއްޖޭގެ ހީވާގި މަސް ވެރިންނަށް ދޭން ފެށުމުގެ ރަސްމިއްޔާތު ގދ. ފަރެސް މާތޮޑާގައި ރޭގައި ލޯންޗްކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިފެއްޓި ފައިނޭންސިންގް ސްކީމަކީ، މީގެ ކުރިން ރާއްޖޭގެ މަސްވެރިންނަށް ފަހިވެފައި ނެތް ފުރުސަތެކެވެ. ބޭންކުތަކުގެ ފައިނޭންސިން ލިބުމަށް މަސްވެރިން ކުރި ދިގު އިންތިޒާރަށް ނިމުން ގެނުވައި އެމްއައިބީގެ އުޖާލާ ފެސިލިޓީ މަސްވެރިންނަށްވެސް ދޭން ފެށުމުގެ ރަސްމިއްޔާތު، ރޭގައި ގދ ފަރެސްމާތޮޑާގައި ލޯންޗް ކުރުމުން ގިނައަދަދެއްގެ މަސްވެރިންނަށް ވަނީ ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިގެން ގޮސްފައެވެ.

ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

އެމްއައިބީގެ ، އުޖާލާ ސްކީމްގެ ހިދުމަތަކީ އެ ބޭންކް މެދުވެރިކޮށް އެކި ވިޔަފާރިތަކުން މުދާ ނެގޭނެ އިންތިޒާމެވެ. ފުޅާދާއިރާއެއްގައި މަސްވެރިކަމުގެ މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމަށްވާ ގދ. ފަރެސްމާތޮޑާގައި “މަސްވެރިންނާ އެކު” ގެ ނަމުގައި ރޭ ބޭއްވި ބޭއްވި ރަސްމީއްޔާތެއްގައި އެމްއައިބީގެ އެކްޓިންގް ސީއީއޯ އަހުމަދު ރިޟާ ވިދާޅުވީ، އިސްލާމިކް ބޭންކަކީ އަބަދުވެސް މަސްވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރާ ބޭންކެއް ކަމަށެވެ. އެގޮތުން ދޯނިތަކުގެ އެކި ކަންކަމަށް ދޯނި ބަނުމާއި ދޯނިތަކުގެ އެކީ ބޭނުންތަކަށް މިހާތަނަށް ފައިނޭންސްކޮށްދެމުން އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްއައިބީން މިހާތަނަށް 100 އެއްހާ ދޯންޏަށް އެކި ކަންކަމުގައި ފައިނޭންސްކޮށް ދީފައިވާނޭ ކަމަށެވެ.

ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

ރިޟާ ވިދާޅުވީ ގޮތުގައި އެމްއައިބީ މެދުވެރިކޮށް މަސްވެރިންނަށް މުދާ ނެގޭނެ، ހިދުމަތަށް ތައާރަފުވެގެން ދިއުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެގޮތުން އެ ސްކީމަށް މަގުފަހިވަނީ އޮޑިވެރިން އިއެކު އިސްލާމިކް ބޭންކުން ހަދާ އެއްބަސްވުންތަކާ އެކީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަމާޒަކީ މި ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން ކަމަށް ވިދާޅުވި އެވެ.

އެމްއައިބީން މި ޚިދުމަތް ފަށައިގަންނަނީ 4 އޮޑިވެރިއަކާ އެކުގައެވެ. އެގޮތުން އޮޑިތަކުގެ މަސްވެރިނަށް ސްކީމުގައި ބައިވެރިވެ، އިސްލާމިކް ބޭންކުގެ އުޖާލާ ސްކީމުގެ ތެރެއިން މުދަލަށް ފައިނޭންސްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އެމްއައިބީގެ މުވައްޒަފުން ފަރެސްމާތޮޑާގެ ޒުވާން ކެޔޮޅަކާއި އެކު-  ފޮޓޯ: މޯލްޑިވްސް އިސްލާމިކް ބޭންކް

ސްކީމުގައި އޮޑިވެރިން ބައިވެރިވަނީ ގެރެންޓަރއެއްގެ ގޮތުގައެވެ. ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް މި ވަގުތު 100،000ރ. އާއި ހަމައަށް މުދާ ނެގޭނެ އެވެ. އެމްއައިބީން ބުނީ، މަސްވެރިން މި ސްކީމުގައި ބައިވެރިވާ މިންވަރަށް ބަލައި، ސްކީމުގެ ލިމިޓު އިތުރުކޮށް އިތުރު ގިނަ ބާވަތްތަކެއް ނެގުމުގެ ފުރުސަތު ވެސް ކުރިއަށް އޮތް ތަނުގައި ލިބިގެން ދާނެ ކަމަށެވެ.

އެ ބޭންކުން ބުނި ގޮތުގައި “އުޖާލާ ސްކީމް” ގައި މަސްވެރިން ބައިވެރިކުރަން ފެށުމުން އެ މީހުންގެ ދިރިއުޅުމަށް އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!