ޚަބަރު
ޑެލްޓާ ވޭރިއެންޓު ގިނަ ގައުމުތަކުގައި ފެތުރޭނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން ދީފި

ކޮވިޑް-19 ގެ ޑެލްޓާ ވޭރިއެންޓް ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ގައުމުތަކަށް އަންނާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ދީފިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނީ އެހެން ވޭރިއެންޓުތަކަށްވުރެ ޑެލްޓާ ވޭރިއެންޓުގެ ބާރު ގަދަ ކަމަށާއި ޑެލްޓާ ވޭރިއެންޓު ފެތުރޭ ރޭޓު އަވަސް ކަމަށެވެ.

އެންމެ ފުރަތަމަ ޑެލްޓާ ވޭރިއަންޓް ފެނުނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގައި އިންޑިއާއިންނެވެ. މިހާރު 124 ގައުމަކަށް ޑެލްޓާ ވޭރިއެންޓު  ފެތުރުފައިވާ ކަމަށް ތާފާސްހިސާބު ތަކުން ދައްކައެވެ.

ޑަބްލިޔުއެޗްއޯގެ ރިޕޯޓެއްގައި ބުނެފައިވަނީ ޑެލްޑާ ވޭރިއެންޓް ފެތުރިފައިވާ ގައުމުތަކުގެ ހާލަތު މިހާރުވެސް ގޯސް ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައިވެސް މި ވޭރއެންޓް ފެތުރެމުންދާ ގައުމުތަކުގެ ހާލަތު ގޯސްވަމުން ދިޔުން އެކަށީގެންވާ ކަމަށެވެ.

ކޮވިޑް ބަލި ޖެހޭ މީހުންގެ ތެރެއިން އެންމެ ބޮޑުވަރު ވަނީ ޑެލްޓާ ވޭރިއަންޓް ޖެހޭ މީހުން ކަަމަށްވާއިރު، ބޮޑެތި ގައުމުތަކުގައި ނަގާ ސާމްޕަލް ތަކުގެ 35% އަކީ މި ވޭރިއެންޓަށް ފައްސި ވާ ކޭސް ތަކެވެ.

އިންޑިއާގައި ކޮވިޑް-19ގެ ދެވަނަ ރާޅު އުފެދިފައިވަނީ ޑެލްޓާ ވޭރިއެންޓުންނެވެ. މި ވޭރިއެންޓް އިންޑިއާގައި ފެތުރެން ފެށުމާއެކު އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ދުވާލަކު އެތަށް ލައްކަ މީހުން ޕޮޒިޓިވްވެ، މަރުވާ މީހުންގެ އަދަދު ހުރީ ހާހުން މަތީގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!