ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ އިން ބިސް ،އަލުވި އަދި ފިޔާ ވިއްކާ އަގު ހެޔޮކޮށްފިއެވެ.
އެސްޓިއޯ އިން ހާމަކުރިގޮތުގައި ރޯދަމަސް ނިމެންދެން އެސްޓީއޯ އިން ބިސް ، ފިޔާ އަދި އަލުވި ވިއްކާ އަގުތަކަށް މިވަނީ ބަދަލު ގެނެވިފައެވެ. އެގޮތުން ބިސް ކޭހެއް 300ރ އަށް، ބިހެއް 1.75ރ އަށް ވިއްކަން ނިންމާފައިވާއިރު ފިޔާ ބަސްތާއެއް ވިއްކާނީ 300ރ އަށް، ކިލޯއެއް 14ރ އަށެވެ. އަދި އަލުވި ބަސްތާއެއް 280ރ އަށް، ކިލޯއެއް 13ރ އަށް ވިއްކަން އެސްޓީއޯއިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު 10 ބަސްތާއަށް ވުރެ ގިނައިން ފިޔައާއި އަލުވި ގަންނަ ނަމަ:
- އަލުވި ބަސްތާއެއް ވިއްކާނީ 270ރ އަށް
- ފިޔާ ބަސްތާއެއް ވިއްކާނީ 290ރ އަށް
- އަދި ކޭހަކަށް ވުރެ ގިނައިން ބިސް ކޭސް ގަންނަ ނަމަ، ކޭހެއް ވިއްކާނީ 290ރ. އަށެވެ.
އާއްމުކޮށް ކޮންމެ އަހަރެއްގެ ރޯދަ މަހު ބާޒާރުގައި އާއްމުކޮށް އަގު އުފުލޭ ބާވަތްތައް އެސްޓީއޯއިން އަމިއްލައަށް އެތެރެކޮށް، އަގުތައް ހެޔޮކޮށް އާއްމުންނަށް ވިއްކަމުން ގެންދެ އެވެ. އެއާއެކު އަމިއްލައަށް އެ ތަކެތި އެތެރެކޮށް ވިއްކާ ބާޒާރުގައި ވިއްކާ ފަރާތްތަކަށް އަގުތައް ތިރިކުރަން މަޖުބޫރުވެއެވެ.
މިދިޔަ އަހަރު އެސް ޓީ އޯ އިން ބިސް ގަނެގެން ލިބުނީ ލަނޑު. ގިނަ ބިސް ހުރިހާ ހަލާކު ވެފަ