އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ރައީސް ކަމުން ދުރުކުރުމަށް ބަޔަކު މީހުން ޕާޓީތެރެއިން މަސައްކަތް ކުރާކަމަށް ބުނަމުންދާތީ، ޕާޓީތެރޭގައި ފިތުނަ ފަސާދަ އުފައްދައިގެން ކެމްޕެއިން ނުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭން ހަރަކާތުގައި އިންތި ދެއްކެވި ވާހަކަދައްކާއާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕާޓީ ތެރޭގައި ނަފްރަތް އުފައްދާ ފިތުނަ ފަސާދަ ނުކޮށް ކެމްޕެއިން ކުރުމަށެވެ. ރޮޒެއިނާ ވިދާޅުވީ މިއީ އެތެރޭގެ އިންތިހާބެއް ކަމަށާއި ދޮގު ހަދާ، ފިތުނަ އުފައްދަން މަސައްކަތް ކުރުމަކީ ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.
އިންތިގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތްކޮށް، ބޭރުކޮށްލުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެކަމަށް ޖާގަ ނުދޭނެ ކަމަށެވެ. އިންތި ވިދާޅުވި ގޮތުގައި އެމްޑީޕީގެ އުސޫލުތަކާއި އަސާސްތަކަކީ ވަރަށް އަގުހުރި އެއްޗެކެވެ. މި އަސާސްތަކުން ދުރަށް ދިޔައީމާ ވާގޮތް މިހާރު ފެންނަމުންދާ ކަމަށް އިންތި ވަނީ ވިދާޅުވެފައެވެ.
މިވާހަކަތަކަށް ރައްދު ދެމުން ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދުއަކީ ޕާޓީގެ އާންމު މެމްބަރުންގެ ވޯޓުން ހޮވާފައި ހުރި ބޭފުޅެއް ކަމަށާއި ވަކި މީހަކަށް ރައީސް ނަޝީދު ދުރުނުކުރެވޭނެ ކަމަށެވެ.
Idhikolhu partyge bayakaa dhekolhahkuraa muzaahara ehthomee?
Mee ethereyge inthihaabeh. Dhogu hadhaa fithuna ufahdhan masakkai kurumaky party ah hama enme faidhaa hurigoiba? Thigothah party therey nafrathu ufahdhavan noolhuvva reethikoh campaign kuravvan Inthi ah ilthimaaz kuran. https://t.co/TcmdfIdcgk— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) March 18, 2022
މީގެ އިތުރުން ރޮޒެއިނާ ވަނީ އިންތިގެ ކެމްޕޭނުގައި ބޭނުން ކުރަމުންދާ ޝިއާރު ކަމަށްވާ “ތިލަފަތުގެ ރަމްޒު” އަކީ ފިތުނައާއި، އޮޅުވާލުން ނޫންތޯ ނުވަތަ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުންތޯ ސުވާލު ކުރައްވައިފަ އެވެ.
Mi party in Raees Nasheed dhurukuraakah meehaku noolhey. Mi party ge raees akee mi party ge aanmu membarun vote laigen hovaafa huri beyfulheh. Vaki meehakah RN dhureh nukureveyne. Thilafathuge ramzaky fithunayaa, olhuvaalun tho? Nuvatha meehunge boluga dhogu ilzaam elhuvuntho? 😞
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) March 18, 2022