ޚަބަރު
މިއަހަރު މުދަލުގެ ޒަކާތުގެ ނިސޯބަށް ބަދަލު ގެނެސްފި

ރާއްޖޭގައި މިއަހަރު މުދަލުގެ ޒަކާތް ދައްކަންޖެހޭ ނިސޯބްގެ އަދަދަށް ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނާ ގޮތުން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިސޯބަކީ 7241.15 ރުފިޔާ އެވެ. މިއަދަދަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.

ކޮންމެ އަހަރަކުވެސް އިސްލާމިކް މިނިސްޓްރީއިން އެއަހަރަކު މުދަލުގެ ޒަކާތް ވާޖިބުވާ ނިސޯބެއް ކަނޑައަޅައެވެ. އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައެޅީ 6878.20 ރުފިޔާ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ރުފިޔާ ދައްކާފައިވާއިރު 2020 އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގެންފައިވަނީ 33.3 މިލިއަން ރުފިޔާއެވެ.

މުދަލުގެ ޒަކާތް މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބަލައިގަންނަމުން ދިޔަނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މިވަނީ މީރާއަށް ބަދަލުކުރެވިފައެވެ.

މީރާ އިން ވަނީ އެ އޮތޯރިޓީގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!