ދުނިޔެ
ޔޫކްރެއިން ބޯޑަރުގައި ރެފިއުޖީ ކުދިންނާއެކު ސްލޮވާކިޔާގެ ފުލުހުން ކުޅޭ، ވީޑިއޯއަކަށް ގިނަބަޔެއްގެ ސަމާލުކަމަށް

ސްލޮވާކިޔާގެ ފުލުހުން ޔޫކްރެއިންގެ ބޯޑަރުގައި ރެފިއުޖީ ކުދިންނާއެކު ކުޅެ، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެ ކުދިންގެ ހިނިތުންވުމާއި ވޭނުގެ މަތިން ހަނދާން ނައްތާލަން ލިބުނު ކަމަށްޓަކައި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ޝުކުރުވެރިވިއެވެ.

ޔޫކްރެއިންގައި ހަނގުރާމަ ހިނގަމުންދާއިރު، ބޮން ގޮއްވާލި ސިޓީތަކާއި، ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ މީހުންގެ ހިތްދަތި ފޮޓޯތަކުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ތަފާތު ހިތްނުތަވަސްކަން ވަނީ ކުރިމަތި ކުރުވާފައެވެ. ނަމަވެސް ހުރިހާ ނުތަނަވަސްކަމެއްގެ ތެރޭގައިވެސް، ސްލޮވާކިޔާގެ ދެ ޕޮލިސް އޮފިސަރެއްގެ އިންސާނިއްޔަތުކަމުން، ހާލުގައި ޖެހިފައި ތިބި، ޔޫކްރެއިންގެ ރެފިއުޖީ ކުދިންގެ މޫނަށް ހިނިތުންވުމެއް ގެނެސް، އެކުދިންނަށް ކުރިމަތިވެފައިވާ ވޭނުގެ މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ހަނދާން ނައްތާލައި، އުފާވެރިކަން ގެނުވައިފިއެވެ. ސްލޮވާކިޔާގެ ދެ ފުލުހުން މިކުދިންނާއި އެކު ކުޅެ އުފާކުރާ މަންޒަރު ވީޑިއޯ އިން ފެނިގެންދާއިރު، މިވީޑިއޯ ގިނަ އަދަދެއްގެ އިންޓަރނެޓް ބޭނުންކުރާ ފަރާތްތަކުގެ ތައުރީފު ވަނީ ލިބިގެން ގޮސްފައެވެ.

ފޮޓޯ: ސްލޮވާކިޔާ ޕޮލިސް

ފޮޓޯ: ސްލޮވާކިޔާ ޕޮލިސް

ފޭސްބުކްގައި ސްލޮވާކިޔާގެ ފުލުހުންގެ ހިއްސާކުރި މި އުފާވެރި ވީޑިއޯގައި، ސްލޮވާކިއާއާއި ސްލޮވާކިއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ފިލައިގެން އުޅޭ ޔޫކްރެއިންގެ ކުޑަކުދިންނަށް ހިތްވަރު ދިނުމަށް ދެ “ހީރޯ” މަސައްކަތް ކުރާ މަންޒަރު ފެނިގެން ދެއެވެ. މި ހިތްގައިމު ވީޑިއޯއިން ފެންނަ ގޮތުގައި އެ ދެ ފުލުހުން އެ ތުއްތު ކުދިންނާއި، މުޢާމަލާތްކޮށް އުޅެނީވެސް، ކުދިން ގަޔާވާ، ހެއްވާ މަޖާ ގޮތަކަށެވެ.

ވިޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންގެ ދެ އޮފިސަރުން ކުޑަ ދެކުދިންނާއި އެކު، ހީ ސަމާސާކޮށް ކުޅެމުންދާއިރު، ކުދިން ބަލަހައްޓާ އަންހެނަކު، ހިނެތުންވުމާއި އެކު ދުރުގައި ކުދިންނަށް ބަލަހައްޓައިގެން ހުރެއެވެ.

“ބޯޑަރުގައި ފުލުހުންނާއި، ސިފައިންނާއި، ފަޔާފައިޓަރުންނާއި، އެނޫންވެސް ޒިންމާދާރު ފަރާތްތަކުން މަސައްކަތް ކުރަނީ ކުޑަކުދިންނަށް އެމީހުންގެ އިންތިޒާރުގެ ވަގުތުތައް ފިނި މޫސުމުގައި އަދި ދިގު އަދި ފޫހި ދަތުރަކަށްފަހު އިތުރަށް ހިތްފަސޭހަ ކޮށްލެވޭތޯ،” ކްލިޕް ޝެއާ ކުރަމުން ފުލުހުންގެ ޑިޕާޓްމެންޓުން ލިޔެފައިވެ އެވެ.

ރަޝިޔާގެ ޔޫކުރެއިން ހަނގުރާމަ، ތިން ހަފްތާއަށް ފަހުވެސް ދިގު ދެމިގެން ދިޔުމާއެކު، ބޮޑެތި ފިރިހެނުންނަށް ގައުމުން ބޭރަށް ދިއުން މަނާކޮށްފައި ވާތީ، ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ އެތައް އާއިލާއެއް ވަނީ ވަކިވެފައެވެ. އޭގެ މާނައަކީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ދާން ހުރަސް ކުރާ އަންހެނުންނާއި ކުޑަކުދިން ގިނައެވެ.

“މިފަދަ އިންސާނިއްޔަތުކަން ކުރިއަށް ނެރުމުގެ ސަބަބުން ޔޫކްރެއިންގައި ރަޝިޔާގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ހާލަތްތަށް ބަލިވެ، އިންސާނިއްޔަތުކަން ނުބައިކަންތައްތަކުގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށް އުއްމީދު ކުރާކަމަށް” ފުލުހުން ކުދިންނާއި އެކީ ކުޅޭ މަންޒަރުގެ ފޮޓޯތައް ހިއްސާ ކުރަމުން ސްލޮވާކިޔާގެ ލޯ އެންފޯސްމަންޓް އޭޖެންސީން ފަހުން ލިޔެފައިވެ އެވެ.

ކުޑަ އިރުކޮޅަކަށް ނަމަވެސް އެ ކުދިންގެ ހިނިތުންވުމާއި ވޭނުގެ މަތިން ހަނދާން ނައްތާލެވުނީތީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުން ވަނީ ސްލޮވާކިޔާގެ ފުލުހުންނަށް ޝުކުރުވެރިވެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށި ފަހުން، ތިން މިލިއަނަށް ވުރެ ގިނަ މީހުން ޔޫކްރެއިން ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ބުނެ އެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުނު ގިނަ މީހުން ވަނީ އަވަށްޓެރި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ބަލައިގެންފައެވެ.

ޔުނިސެފުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމައިގެ ސަބަބުން ގައުމު ދޫކޮށް ދިޔަ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ. “ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް ޔޫކްރެއިންގެ ރެފިއުޖީންނަށް ރެފިއުޖީން އެތެރެވުން ހުއްޓުމަކަށް އައިސްފައިވާ ގައުމުތަކުން ވަނީ ހިމާޔަތް ދީފައި، އަދި އެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ޔޫކްރެއިންގެ ކުޑަކުދިންނަށް ދިގު މުއްދަތަކަށް ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރު، މުހިންމު މަސައްކަތާ ކުރިމަތިލަމުން،” އޭޕީއިން ރިޕޯޓް ކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!