ޚަބަރު
ގާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާއި ހަވާލުކުރުމުން މޫނަކަށް ކަނދުރާއަކަށް ނުބަލާނެ – ޝަމީމް

ްާޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާއި، އެގާނޫނެއް ތަންފީޒުރުކުމަށް ހަވާލުކުރުމުން، އިދާރާތަކުން އަމަލުކުރާނީ ލޮލަކަށް، މޫނަކަށް އަދި ކަނދުރާއަކަށް ބެލުމެއް ނެތި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް އަމިއްލައަށް ހިންގަވާ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ، ޝަމީމް ވިދާޅުވީ، ޤާނޫނެއް ހަދައި، ތަންފީޒީ އިދާރާތަކާއި ތަންފީޒުކުރަން ޙަވާލުކުރުމުން، ތަންފީޒީ އިދާރާތައް ޢަމަލުކުރާނީ ލޮލަކަށް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތިކަމަށެވެ. އެކަމުން ނުތަނަވަސްކަން އަންނަ މީހަކަށް ނުތަނަވަސްކަން އައި ނަމަވެސް، ޤާނޫނު ތަންފީޒްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ، އަލަށް އެކުލަވާލެވުނު ކޮމިޝަނާއެކު، ރަނގަޅު، ކާމިޔާބު މަސައްކަތްތަކެއްކޮށް، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް މަދުކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އައު ކޮމިޝަނާއެކު މަސައްކަތްކޮށް ކޮރަޕްޝަން ނެތް މުޖްތަމަޢެއް ބިނާ ކުރުމަކީވެސް އުއްމީދެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން ޝަމީމް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މަސައްކަތް ކާމިޔާބު ވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޞްލަޙަތުގައި އޮތް ކަމެއްކަމަށެވެ. ޤާނޫނު ތަންފީޒުކޮށް، ކޮމިޝަނުގެ މަސައްކަތް ކާމިޔާބުކުރުމުގައި، އެކޮމިޝަނުގެ އެއް ނަންބަރު ސަޕޯޓަރަކަށްވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސްކަމަށާއި، އެ އޮފީހުގެ ހުރިހާ އިންސާނީ ވަޞީލަތެއް، އޭސީސީގެ މަސައްކަތް ކާމިޔާބުކުރުމުގެ މަގަށް، ކުރިންވެސް، މިހާރުވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އޮންނާނީ ރުކުރުވާލާފައިކަމަށް ޝަމީމް ވިދާޅުވިއެވެ.

އަދި އެކަމުގެ ފުރިހަމަ ޔަޤީންކަން އައު މެންބަރުންނަށް ދެއްވަމުން ޝަމީމް ވިދާޅުވީ، އޭސީސީން ފަށްޓަވާފައިވާ ހުރިހާ ޖިނާއީ ތަޙުޤީޤެއްގެ އަނެއް ކޮޅުގައި އެމަނިކުފާނު ވަރުގަދައަށް ހިފާނެކަމަށާއި، އެމަސައްކަތް ކާމިޔާބުކުރުމަށް ލެވެން އޮތް ބާރެއް ލައްވާނެކަމަށެވެ.

އޭސީސީއަށް އައު މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި މިވަނީ، ކުރިން އޭސީސީގައި ތިއްބެވި މެންބަރުންނަށް ރަނގަޅު ނަތީޖާއެއް ނުނެރެވުނުކަމަށް ބުނެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުން އަމާޒުވުމާއެކު އެމެމްބަރުން އިސްތިއުފާދެއްވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!