ޚަބަރު
ގާސިމް މަރާލި މައްސަލައިގައި އަދުހަމް އެއްބަސްވި ނަމަވެސް އަދަބު ލުއި ނުކުރަން ނިންމައިފި

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދު ކުށަށް އެއްބަސްވިނަމަވެސް އަދަބަށް ލުޔެއް ދެވެން ނެތްކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވެއްޖެއެވެ.

ޤާސިމް ޙަސަންގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އަހަރެއްހާ ދުވަސް ފަހުން މިއަދު ބާއްވާފައިވާއިރު، މައްސަލަ ބައްލަވާ ޤާޟީ ވަނީ ބަދަލުވެފައެވެ. މި މައްސަލަ މިހާރު ބައްލަވަނީ ކްރިމިނަލް ކޯޓުގެ ޤާޟީ ޢަލީ ނަދީމެވެ.

ތޫނު އެއްޗަކުން ހަމަލާދީ ގާސިމް ޙަސަން މަރާލި މައްސަލާގައި ބޭއްވި ފުރަތަމަ ޝަރީއަތުގެ މަޖލީހުގައި އަދުހަމްވަނީ އޭނާގެ ކުށަށް އިއުތިރާފުވެފައެވެ. އޭރު އޭނާ ކުށަށް އިއުތިރާފުވީ އަދަބެއް ލުއި ލިބޭގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ. އެހެންނަމަވެސް ކުށަށް އިއުތިރާފުވުމަށްފަހު އޭގެ 6 ދުވަސްފަހުން އަދުހަމްވަނީ އިއުތިރާފު އަނބުރާ ގެންގޮސްފައެވެ. ދައުވާއަށް އިންކާރުކުރަމުން އެދުވަހު އަދުހަމް ބުނީ ކުށަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެންކަމަށެވެ.

މިމައްސަލާގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25ގައި ބޭއްވި އަޑުއެހުމުގައި އަދުހަމުގެ ފަރާތުން ވަނީ އަލުން ކުށަށް އިއުތިރާފުވާން ބޭނުންވާކަމަށް ބުނެފައެވެ. އަދި ކުށުގެ އަދަބަށް ދެވޭ ލުއިތައްވެސް ބޭނުންވާކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ޤާޟީ ޢަލީ ނަދީމް ވިދާޅުވީ، ޝަރީޢަތް ފެށުމަށްފަހު ކުށަށް އިއުތިރާފް ވިނަމަވެސް އަދަބު ލުއިކޮށްދެވެން ނޯންނާނެކަމަށެވެ. އަދަބަށް ލުޔެއް ލިބޭނީ އިބްތިދާއީ މަރުހަލާގައި އިއުތިރާފް ވުމުން ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ. ނަމަވެސް ކުށަށް އިއުތިރާފްވާން ބޭނުންނަމަ އަދިވެސް އެ ފުރުޞަތު އޮންނާނެކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީޢަތުގައިވެސް އަދުހަމް ވަނީ ކުށަށް އިޢުތިރާފްވާން ބޭނުންވާކަމަށް ބުނެފައެވެ. އަދި އެދެނީ ވީހާވެސް އަވަހަށް ޝަރީޢަތް ނިންމަންކަމަށްވެސް އަދުހަމް ބުންޏެވެ.

އަދުހަމްގެ މި ވާހަކައާއި ގުޅިގެން ޤާޟީ ވިދާޅުވީ، އަދުހަމް މީގެ ކުރިންވެސް އެވާހަކަ އެގޮތަށް ބުނެފައިވާކަމަށާއި، މިއީ އޭނާގެ އަތުން ވީކަމެއްކަމަށް ބުނެ މެރުމުގެ ގަސްދު އޮތްކަމަށް އަދުހަމް އިންކާރުކުރާތީ ހެކިބަސް ނަގަންޖެހޭކަމަށެވެ. އަދި ވަރަށް އަވަހަށް ޝަރީޢަތް ކުރިއަށް ގެންގޮސް ޙުކުމާއިހަމަށް ވަރަށް އަވަހަށް ދެވޭނެކަމަށްވެސް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!