ޚަބަރު
ގާނޫނާއި ޚިލާފު އެއްވެސް ހަރަކާތަކަށް ފުލުހުން ޖާގަ ނުދޭނެ – އިމްރާން

ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދާ ޚިލާފަށް ހިންގޭ އެއްވެސް ހަރަކާތަކަށް ދިވެހި ފުލުހުން ޖާގަ ނުދޭނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ކޯލިޝަނުން ހިންގާ “އިންޑިއާ އައުޓް” ހަރާކަތް ހުއްޓުވުމަށް ފުލުހުން ކުރައްވަމުންދާ މަސައްކަތް އޮޅުންފިލުވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ މިމައްސަލާގައި މިހާރުވެސް މަޖިލީހުގެ 241 ކޮމެޓީއާއެކު މަސައްކަތް ކުރަމުންދާކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ “އިންޑިއާ އައުޓް” ހަރަކާތާއި ގުޅިގެން ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު މިހާރުވެސް ފުލުހުން އަޅަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ ހުކުރު ދުވަހުވެސް އެފަދަ ހަރަކާތެއް ހިންގާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެހަރަކާތް ހިންގާ ފަރާތްތަކާއި ބައްދަލުކޮށް ޤާނޫނާއި ޚިލާފް އެއްވެސް ހަރަކާތެއް ހިންގުމަށް ފުލުހުން ޖާގަ ނުދޭނެކަމަށް ދަންނަވާފައިވާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލަށް އޮތް ނުރައްކާ ބޮޑުކަން ފާގަކޮށް، މަޖިލީހުގެ މެޖޯރިޓީ ޕާޓީ (އެމްޑީޕީ) އިން ވަނީ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!